މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

ވަޒީފާގެ ފުރުޞަޠު (ވަގުތީ)

ވޭވަށު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ގެންދާ  މިރަށު މިސްކިތަށް މުދިމުން/އިމާމުން ތިރީގައި މިދަންނަވާ ގޮތަށް ވަޒީފާއަށް ކުރިމަތި ލުމަށް ހުޅުވާލަމެވެ.

މަގާމު:

މުދިމު/ އިމާމް (ވޭޖް އެންޕްލޯއިމަންޓް)

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

GS3/GS1

މަޤާމު ގިންތި:

ވަގުތީ (އެއް އަހަރު)

މަޤާމު ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރގްރޭޑް 1/ އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގަރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

މަގާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މ. ވޭވަށު ހުކުރު މިސްކިތް

 

މުސާރަ:

މުދިމު: -/48ރުފިޔާ  އިމާމު: /-56ރުފިޔާ (ކޮންމެ ނަމާދު ވަގުތަކަށް)

މަސައްކަތް ކުރަންޖެހޭ ގަޑި:

ކޮންމެ ނަމާދު ވަގުތެއް

މަގާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  • ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދުވަގުތު ޖެހުމުގެ ކުރިން މިސްކިތަށް ހާޟިރުވެ މިސްކިތުގެ ކަންތައްތައް ބަލައި  ރަނގަޅު ކުރަންޖެހޭ  ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތައް ބަންގި ގޮވުމާއި، އިމާމްވެ ނަމާދުކުރުން.
  • މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން
  • މިސްކިތައް ލިބޭ ގެއްލުންތަކާއި ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅާ އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން
  • ކައުންސިލް އިދަރާއިން އަންގައިފިނަމަ ކޭތަނަމާދާއި، އިދުނަމާދައި، ހުކުރުނަމާދައި، ތަރާވީހުނަމާދާއި، ކަށުނަމާދު، އިމާމްވެ މިސްކިތުގައި ކުރުން

މަޤާމުގެ ޝަރުތުތައް:

މުދިމުގެ ޝަރުތު:

 މަގާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއިއެކު،

  • އިމާމްވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމްވެ ނަމާދު ކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ގުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން  ދެއްވާ ފެންވަރު ބެލުމުގެ އިމްތިހާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން

އިމާމުގެ ޝަރުތު:

މަގާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއިއެކު،

  • މުދިންކަމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ،
  • ·        ދީނީ (ގުރުއާންހިމެނޭ ގޮތަށް) ދާއިރާއަކުން ދިވެހި ރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެ 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭނެގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކަޑު، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފްކޮށް ފެންނަގޮތައް ނެގިފައިވާ ކޮޕީއަކަށް ވާންވާނެއެވެ.)
  • ސިވިލް ސާރވިސްއަށް / ސަރުކާރަށް ހިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލާނެ ކަމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދެ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕޮރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ގަބޫލކުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔައް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ،

(ނ) ސިވިލް ސާރވިސް ޓްރޭނިންގ އިސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

  • ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގާދިނުމުގެ ގޮތުން ސިވިލް ސާރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ (ދާއިމީ ވަޒިފާތަކަށް)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނަށް %40
  • އިމްތިހާން %5
  • މަސައްކަތު ތަޖުރިބާ
  • ލިބިފައިވާ ހުނަރު %45

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް މ. ވޭވަށު ކައުންސިލް އިދާރާއިން ނުވަތަ www.csc.gov.mvވެބްސައިޓުން ވަޒީފާއަށް އެދޭ ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅާނީ 22 އޮކްޓޯބަރ 2018 ވަނަދުވަހުގެ 14:00 ގެކުރިން ވޭވަށު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަސް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ  [email protected]އެވެ. ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއިއެކު އެންމެހާ ލިޔެކިޔުން ހުށަނާޅާ ފަރާތްތަކުގެ ފޯމް ބާޠިލް ކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6720035

އިންޓަރވިއު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވާ އިންޓަވިއު އާއި ގުރުއާން ޓެސްޓް އޮންނާނީ،  25 އޮކްޓޯބަރ 2018 އާއި 30 އޮކްޓޯބަރ 2018   އާ ދެމެދު، ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އެންމެ ދައްވެގެން ހޯދަންޖެހޭ އިންސައްތަ

މި މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރިޓީރިއާގެ ހުރިހާ ބަޔަކުން %45 އަށް ވުރެ މަތިވާން ޖެހޭނެއެވެ.

08 އޮކްޓޫބަރު 2018
ހޯދާ