މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ރާއްޖެތެރޭގެ ފެރީ ނިޒާމަގައި ޒޯން 1 ގެ ށ.އަތޮޅަށް ފެރީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

 

                                                           ނަންބަރ:  MTCC-PD/IU/2018/0136                                                                          

 

އިޢުލާން

 

އެމްޓީސީސީގެ ރާއްޖެތެރޭގެ ފެރީ ނިޒާމަގައި ޒޯން 1 ގެ ށ.އަތޮޅަށް ފެރީގެ ޚިދުމަތް ދޭނެފަރާތެއް ހޯދުން:

            އެމްޓީސީސީގެ ރާއްޖެތެރޭގެ ފެރީ ނިޒާމަގައި ޒޯން 1 ގެ ށ.އަތޮޅަށް ފެރީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާން (MTCC-PD/IU/2018/0104) ނަންބަރއަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މި އިޢުލާން ބާތިލުކޮށް، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.         

            މިބީލަމާއިބެހޭ ލިޔުންތަކުގެ ސޮފްޓް ކޮޕީ މިކުންފުނީގެ ވެބްސައިޓްއިން www.mtcc.com.mvޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ބިޑް ޑޮކިޔުމަންޓްސް 7 އޮކްޓޯބަރ 2018 އިން 11 އޮކްޓޯބަރ 2018 އަށް ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް އެމްޓީސީސީ ޓަވަރުގެ 2ވަނަ ފަންގިފިލާގެ ޕްރޮކިޔުމަންޓް ޑިޕާރޓްމަންޓްއިން ލިބެން ހުންނާނެއެވެ.         

     ބީލަން ހުޅުވުން އޮންނާނީ 2018 އޮކްޓޯބަރ 14 ވަނަ ދުވަހުގެ 11.00ގައި އެމްޓީސީސީ ޓަވަރުގެ 7ވަނަ ފަންގިފިލާގެ ބޯޑް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ.

 

 

                    

27 މުޙައްރަމް 1440   

 7  އޮކްޓޯބަރ 2018   

 

07 އޮކްޓޫބަރު 2018
ހޯދާ