ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން މަގު ބަންދުކުރުމަށް ބޯޑު ބެހެއްޓުން

ހއ. ދިއްދޫގެ މަގުތައް ވަގުތީގޮތުން ބަންދުކުރަން އެދޭ ފަރާތްތަކަށް މަގުބަންދުކުރާ ބޯޑް ދޫކުރާގޮތަށް ދިއްދޫ ކައުންސިލުންވަނީ ނިންމާފައެވެ.

މިގޮތުން ޤަވާޢިދު ނަންބަރ R-161/2013 / (ސެޕްޓެމްބަރ 2013 ) ވަގުތީ ގޮތުން ހއ. ދިއްދޫގެ މަގު ބަންދުކުރުމާއި ބެހޭ ޤަވާޢިދުގެ 12 ވަނަ މާއްދާގެ ދަށުން، 6 ގަޑިއިރަށްވުރެ މަދު ވަގުތަކަށް މަގު ބަންދު ކުރާނަމަ -/20 ( ވިހި ) ރުފިޔާ، 6 ގަޑިއިރާ 12 ގަޑިއިރާ ދެމެދުގެ ވަގުތަކަށް މަގު ބަންދު ކުރާނަމަ -/40 ( ސާޅީސް ) ރުފިޔާ، 12 ގަޑިއިރާ 24 ގަޑިއިރާ ދެމެދުގެ ވަގުތަކަށް މަގު ބަންދު ކުރާނަމަ -/60 ( ފަސްދޮޅަސް ) ރުފިޔާ އަދި 24 ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ 6 ގަޑިއިރަކަށް -/20 ( ވިހި ) ރުފިޔާގެ ރޭޓުން ފީ ނެގުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، 2018 އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން މަގުބަންދު ކުރުމާއި މަގުކޮނުމުގެ މަސައްކަތް ކުރެވޭނީ މަގު ބަންދުކުރާ ބޯޑާއި މަސައްކަތް ކުރިއަށްދާކަމުގެ ބޯޑް ބަހައްޓައިގެން ކަމުގައި ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

07 އޮކްޓޫބަރު 2018
ހޯދާ