ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލްގެ އިދާރާ އަދި ނޮދަރން އޮފީސް ކޮމްޕްލެކްސް (އެން.އޯ.ސީ) ގެ ސެކިއުރިޓީ ބެލެހެއްޓުން

ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ އާއި ނޮދަރން އޮފީސް ކޮމްޕްލެކްސް (އެން.އޯ.ސީ) ގެ ސެކިއުރިޓީ، ކޮންޓްރެކްޓް އުސޫލުން 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 17 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 22 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ހާޟިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިއިދާރާގެ ނަންބަރު 6521100 ފޯނަށް ގުޅުއްވުން އެދެމެވެ.

07 އޮކްޓޫބަރު 2018
ހޯދާ