މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
ޤައުމީ މުބާރާތްތަކުގައި ބައިވެރިވުމަށް ހުޅުވާލުން

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ތިރީގައި ދެންނެވިފައިވާ މުބާރާތްތަކުގައި ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ. ވީމާ މިމުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ކްލަބް ޖަމްއިއްޔާތަކުން ދެންނެވިފައިވާ މުއްދަތުތަކުގައި ބައިވެރިވާ ސިޓީއާއި ޓީމް ލިސްޓް ހުށަހެޅުއްވުން އެދެމެވެ.

މުބާރާތުގެ ނަން

މުބާރާތުގެ ތާރީޚް

ބައިވެރިވުމުގެ ފަހު ތާރީޚާއި ގަޑި

ޓީމްލިސްޓް ހުށަހަޅާ ތާރީޚާއި ގަޑި

13 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 2 ވަނަ ޑިވިޝަން)

10 ން 30 ނޮވެމްބަރ 2018

24 އޮކްޓޯބަރ 2018، 14:00

31 އޮކްޓޯބަރ 2018، 11:00 ގެ ކުރިން ޓީމްލިސްޓް އީމެލްކޮށް، 14:00 ގައި އަސްލު ހުށަހެޅުން

13 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (އަންހެން ޑިވިޝަން)

1 ން 15 ޑިސެމްބަރ 2018

11 ނޮވެމްބަރ 2018، 14:00

18 ނޮވެމްބަރ 2018،  14:00 ގެ ކުރިން ޓީމްލިސްޓް އީމެލްކޮށް، 14:00 ގައި އަސްލު ހުށަހެޅުން

13 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 1 ވަނަ ޑިވިޝަން)

1 ން 15 ޑިސެމްބަރ 2018

11 ނޮވެމްބަރ 2018، 14:00، ބައިވެރިވެވޭނީ ކޮލިފައިވެފައިވާ ޓީމްތަކަށް އެކަނި

18 ނޮވެމްބަރ 2018، 14:00 ގެ ކުރިން ޓީމްލިސްޓް އީމެލްކޮށް، 14:00 ގައި އަސްލު ހުށަހެޅުން

37 ވަނަ ޤައުމީ ބާސްކެޓްބޯޅަ  މުބާރާތް (އަންހެން ޑިވިޝަން)

17 ން 23 ޑިސެމްބަރ 2018

13 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (އަންހެން ޑިވިޝަން) ގަދަ 4 ޓީމް

ޓީމް ލިސްޓް އަށް ބަދަލެއް ނުގެނެވޭނެއެވެ.

37 ވަނަ ޤައުމީ ބާސްކެޓްބޯޅަ  މުބާރާތް (ފިރިހެން 1 ވަނަ ޑިވިޝަން)

17 ން 23 ޑިސެމްބަރ 2018

13 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 1 ވަނަ ޑިވިޝަން) ގަދަ 4 ޓީމް

ޓީމް ލިސްޓް އަށް ބަދަލެއް ނުގެނެވޭނެއެވެ.

ނޯޓް:

-           މަތީގައި ދެންނެވިފައިވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ ކޮމިޝަނަރ އޮފް ސްޕޯރޓްގައި 7 އޮކްޓޯބަރ 2018  ކުރިން ރަޖިސްޓްރީވެ މި އެސޯސިއޭޝަންގެ މެމްބަރޝިޕް ލިބިފައިވާ ކްލަބް ޖަމްއިއްޔާތަކަށެވެ.

-          13 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 1 ވަނަ އަދި އަންހެން ޑިވިޝަން) ގައި ހިމަނާ ބިދޭސީ ކުޅުންތެރިން ހިމެނުމުގެ އެންމެ ފަހު ތާރީޚަކީ 22 ނޮވެމްބަރ 2018 ގެ 14:00 އެވެ.

-          13 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގުގެ (ފިރިހެން 2 ވަނަ ޑިވިޝަން) ޓީމްލިސްޓްގެ އަސްލު ހުށަހެޅުމަށް 31 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 14:00 އަށް ބައިވެރިވި ކްލަބްގެ މެނޭޖަރ މިއެސޯސިއޭޝަންއަށް ވަޑައިގެންދެއްވުން އެދެމެވެ.

-          13 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގު (ފިރިހެން 1 ވަނަ އަދި އަންހެން ޑިވިޝަން) ޓީމްލިސްޓްގެ އަސްލު ހުށަހެޅުމަށް 18 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 14:00 އަށް ބައިވެރިވި ކްލަބްގެ މެނޭޖަރ މިއެސޯސިއޭޝަންއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

07 އޮކްޓޫބަރު 2018
ހޯދާ