ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިނިހިޔާ 1 މަރާމާތު ކުރުން

                                                                          ނަމްބަރު: CAFA/248/2018/74

 

     އިޢުލާން

 

ފިނިހިޔާ 1 މަރާމާތު ކުރުން

 

                 މިރަށު ފިނިހިޔާ 1 ( ހުޅަނގު އަވަށު ފިނިއަށި ) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ކުރި މިއިދާރާގެ ނަމްބަރު : (IUL)248-CAFA/248/2018/56 ( 12 އޯގަސްޓް 2018 ) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެފަރުސަތު ހުޅުވާލަމެވެ.

 

                 ވީމާ، އެމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރު 2018 ވާ ބުދަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 15 އޮކްޓޯބަރު 2018 ވާ ހޯމަ ދުވަހުގެ 11:30 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެވޭނީ، ކުންފުނި، ޕާރޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާރޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑާއިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަންވާނެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ފިނިހިޔާ 1 ( ހުޅަނގު އަވަށު ފިނިއަށި ) މަރާމާތު ކުރުމުގެ އަންދާސި ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

 

                މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                24 މުޙައްރަމް   1440

                04  އޮކްޓޯބަރު  2018

04 އޮކްޓޫބަރު 2018
ހޯދާ