ށ.ފޭދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މަރުކަޒުގައި ލޯންޑްެރީއަކާއި ގުދަނެއް އިމާރާތްކުރުމަށް

 

ށ. ފޭދޫ ޞިއްޙީމަރުކަޒު

      ފޭދޫ، 

     ދިވެހިރާއްޖެ

 

                                             ނަންބަރ: IUL)C04-SM/2018/05)

އިޢުލާން

          މިމަރުކަޒުގައި ގުދަނަކާއި، ލޯންޑްރީއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 17 ސެޕްޓެމްބަރ 2018ގައި ކުރެވުނު ނަންބަރ: IUL)C04-SM/2018/04) އިޢުލާނާއި ގުޅިގެން ހުށައެޅި އަންދާސީ ހިސާބުތަށް އަގު ބޮޑުވުމުގެ ސަބަބުން އެއިޢުލާން ބާތިލުކޮށް އެމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޮކްޓޯބަރ 2018 ވާ ހޯމަދުވަހުގެ ހެނދުނު 11:00 އަށް ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ނުވަތަ މި މަރުކަޒަށް އަންދާސީ ހިސާބު ހުށައެޅުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްވަޑައި ނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

                                     24 މުޙައްރަމް 1440

                        

                                                     

04 އޮކްޓޫބަރު 2018
ހޯދާ