ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕާކިސްތާން ސެލްފް-ފައިނޭންސް ސްކޮލަރޝިޕް 2018/2019

އިޢުލާން

(IUL)166-Schol/166/2018/ 92  ނަންބަރު:

ތާރީޚް:01 އޮކްޓޯބަރ 2018

 

        ޕާކިސްތާންގެ ޕަބްލިކް ސެކްޓަރ ޔުނިވަރސިޓީ/އިންސްޓިޓިއުޓް ތަކުން މެޑިސިން (އެމްބީބީއެސް)، ޑެންޓިސްޓްރީ (ބީޑީއެސް)، ގެދާއިރާއިން މަތީތައުލީމް ހާސިލުކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ތަންތަނުގެ 2018/2019 ވަނަ ދިރާސީ އަހަރުގައި ބައިވެރިވުމަށް ފުރުޞަތު 12 އޮކްޓޯބަރ 2018ގެ ނިޔަލަށް ހުޅުވާލާފައިވާކަން ޕާކިސްތާން އެމްބަސީން ވަނީ އަންގާފައެވެ.

 

         އަދި ދަންނަވަމެވެ. އެމް.ބީ.ބީ.އެސް، ބީ.ޑީ.އެސް ކޯހަށް ހުށަހަޅުއްވާ ދަރިވަރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން މި ކޯސްތަކަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާންވާނެއެވެ.

 

 މިކޯސްތަކުގެ ހުރިހާ ޚަރަދެއް ކުރައްވަން ޖެހޭނީ ކޯހުގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުން އަމިއްލަފުޅަށެވެ. އޮންލައިން އެޕްލިކޭޝަން ހުށަހެޅުމާއި، ކޯސްތަކާއި ގުޅޭ އެހެނިހެން ތަފްސީލް www.hec.gov.pk/site/sfs ވެބްސައިޓުން ލިބިވަޑައިގަންނަވާނޭ ކަމުގައިވެސް ދެންނެވީމެވެ.

 

        

 

02 އޮކްޓޫބަރު 2018
ހޯދާ