ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ "މަސްޖިދުލް އަމީން" އަށް މަސައްކަތު މީހުން ވޭޖް އުސޫލުން ހޯދުމާއި ބެހޭ

ގދ.ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް " މަސްޖިދުލް އަމީން " އަށް މަސައްކަތް މީހުން (ވަގުތީ) /  ވޭޖް އުޞޫލުން ހޯދަން ބޭނުންވެއްޖެއެވެ.

 

މަޤާމް : މަސައްކަތު (ވަގުތީ / ވޭޖް އުޞޫލުން)

 

ބޭނުންވާ އަދަދު:  04 (ހަތަރެއް)

 

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މަސްޖިދުލް އަމީން (ގދ.ގައްދޫ)

އުޖޫރަ:

 މަސައްކަތް ކުރާ ގަޑިއަކަށް ގަޑިއަކު /-45 ރުފިޔާ (ސާޅީސް ފަސް ރުފިޔާ) / ދުވާލަކު ފަސް ގަޑިއިރު

ޝަރުތު:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތާއި މިސްކިތުގެ އިސްކުރުބައި ފޮޅުމާއި، ދޮވެ ސާފުކުރުން
  • ކޮންމެ ހުކުރުދުވަހުގެ ހުކުރު ނަމާދުގެ ކުރިން މިސްކިތް ފޮޅާ ތަޅުމުގައި މޮޕްލުން.
  • މިސްކިތުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތައް ކުނިކަހާ ސާފުކުރުމާއި، ދޮރާއި ދޮރުފަތް އަދި ފެންލައިޓްތަކައި ފަންކާތައް ފޮހެ ސާފުކުރުން.

 

ވަޒީފާއަށް ޤާބިލް ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމީ ސެޓްފިކެޓްތަކާއި، ލިބިފައިވާ ތަޖުރިބާއާއި، ހުނަރާއި ޤާބިލުކަމަށް ބެލޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ލިބިފައިވާ ސަނަދު، ސެޓްފިކެޓްތަކުގެ ކޮޕީ
  • އައިޑީކާޑް ކޮޕީ
  • ކުރިން އެހެން ވަޒީފާއެއްގައި އުޅެފައިވާނަމަ ވަޒީފާއަދާކުރި ތަނުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން 09 އޮކްޓޯބަރ 2018 ވާ އާދީއްތަދުވަހު މެންދުރު 12:00 ކުރިން ވަޒީފާއަށް އެދި މިއިދާރާއާށް ސީޓީ ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކާއެކު އިންޓަރވިއު ކުރުމަށްފަހު އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް މަސައްކަތް ހަވާލުކުރެވޭނެއެވެ. މަސައްކަތަށް

މުވައްޒަފުން ނެރޭނީ މިސްކިތް ހުޅުވުމުންނެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

            22  A   1439

                 02   އޮކްޓޯބަރ  2018  

02 އޮކްޓޫބަރު 2018
ހޯދާ