މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސިނަމާލެ ބްރިޖްގައި ބޭނުންކުރުމަށް 01 ޓޯ ވެހިކަލް މި މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ސިނަމާލެ ބްރިޖްގައި ދުއްވާ ވެހިކަލްތަކަށް ޖެހިދާނެ ކުއްލި މައްސަލަތައް މަރާމާތުކުރުމަށްޓަކައި ބޭނުންކުރުމަށް 01 ޓޯ ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 379(IUL)138-AS6/1/2018/ (19 ސެޕްޓެންބަރ 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޫބަރު 08 ވާ ހޯމަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އޮކްޓޫބަރ 02 ވާ އަންގާރަ ދުވަހުގެ 08:00 އިން ފެށިގެން 2018 އޮކްޓޫބަރ 07 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 އޮކްޓޫބަރު 07 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

01 އޮކްޓޫބަރު 2018
ހޯދާ