ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކަރިކިއުލަމް އެސެސްމަންޓް އެންޑް އިންސްޓްރަކްޝަން ސްޕެޝިއަލިސްޓް

އިޢުލާން                               

ވަޒީފާގެ ފުރުޞަތު                                

 

މަޤާމު:

ކަރިކިއުލަމް އެސެސްމަންޓް އެންޑް އިންސްޓްރަކްޝަން ސްޕެޝިއަލިސްޓް

ބޭނުންވާ ޢަދަދު: 1

މުސާރަ:

މަހަކު  14,957.05ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 6,410.17 ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ސްޕައިން ޕޮއިންޓް:

45

މަޤާމުގެ ޝަރްޠުތައް:

  • ދަށްވެގެން، އެމް. ކިޔޫ. އޭ. އިން ގަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދަކާއެކު، ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން އޮތުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

ތަޖުރިބާ:

  • މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަތީ ތަޢުލީމުގެ ދާއިރާއިން ތަޖުރިބާ ހުރުން. މަތީ ތަޢުލީމުގެ ދާއިރާގައި ތަޖުރިބާގެ މުއްދަތުގެ އަދަދުކުރުމުގައި ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.
  • މަންހަޖު އެކުލަވައިލުމާއި، މަންހަޖު ވަޒަންކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މަންހަޖުގައި ކަނޑައަޅާފައިވާ މަޤްޞަދުތައް ހާސިލުވޭތޯ ބެލުމަށް އިމްތިޙާނުތައް ތައްޔާރުކުރުމުގައި ތަޖުރިބާ ލިބިފައިވުން.
  • އެކަޑެމިކް ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • އާ މަންހަޖަށް ޓީޗަރުން އަހުލުވެރިކުރުމަށް ތަމްރީނުދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (މަސައްކަތާ ގުޅުންހުރި ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުން ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • އެޕްލިކޭޝަން ފޯމް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ޕާސްޕޯރޓް / އައިޑީ ކާޑް މުއްދަތު ހަމަނުވާ ކޮޕީ
  • ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ ލިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ. އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އާއި 22:00 ދެމެދު ދުވާލަކު 06 ގަޑިއިރު އިރުއެވެ. އަދި އެމުވައްޒަފަކު ހޮނިހިރު ދުވަހު މަސައްކަތަށް ހާޒިރުވާންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިދާރާއިން އަންގަވާ ގޮތުގެމަތިން ހާޒިރުވާން ވާނެއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

11 އޮކްޓޯބަރ 2018 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް 3022116 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
01 އޮކްޓޫބަރު 2018
ހޯދާ