ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

`

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

  މާލެ، ދިވެހިރާއްޖެ  

  

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރު:198MJA-C/2018/05  

ތާރީޚް:  30 ސެޕްޓެންބަރު 2018

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީއެސް 03

ޢަދަދު

01

މަސައްކަތް ކުރާން ޖެހޭ ތަން

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ / ވިލިމާލެ

އަސާސީ މުސާރަ

-/4465 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް

 - ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %50

 - ސަރވިސް އެލަވަންސް: -/1،500

 - ލިވިންގ އެލަވަންސް: -/3,000

 - ކަނޑައެޅިފައި ވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތު ކޮށްދިނުމާ އެކު، ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށް ވެގެން "ޑީ" ފާސް ލިބިފައި ވުމާ އެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައި ވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤު ވާ މާކުހެއް ލިބެމުން ދިޔުމާ އެކު، GS2  ރޭންކުގައި މަދު ވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

 1. އެކަޑަމީގެ ކޯރޕޮރޭޓް ސަރވިސަސް ޑިވިޜަނަށް ލިބޭ އަދި ޑިވިޜަނުން ފޮނުވާ ލިޔެކިޔުމުގެ ކަންކަން ޑިވިޜަނުގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް ކުރުން.

 2. ޑިވިޜަނުގެ ބައްދަލުވުންތައް އިންތިޒާމު ކުރުމާއި، އެ ބައްދަލުވުންތަކުގެ ރިކޯޑުތައް ބެލެހެއްޓުމާއި، މީގެ އިތުރުން ވެސް ޑިވިޜަނުގެ އިދާރީ ކަންކަން ޑިވިޜަނުގެ ވެރިޔާގެ އިރުޝާދުގެ ދަށުން ކުރުން.

 3. އެކަޑަމީގެ ހިޔުމަން ރިސޯރސްގެ ކަންކަން އިންތިޒާމު ކޮށް ބެލެހެއްޓުމުގައި ޑިވިޜަނުގެ ވެރިޔާއަށް އެހީތެރި ވުން.

 4. މުވައްޒަފުންގެ ވޯރކްސްޓޭޝަންތައް ތައްޔާރު ކުރުމާއި، ވޯރކްސްޓޭޝަންތަކަށް ހަމަ ކޮށްދޭން ޖެހޭ ވަސީލަތްތައް ހޯދައި ހަމަ ކޮށްދިނުމާއި، މުވައްޒަފުންގެ އޮފީސް ކާޑާއި ވިޒިޓިންގ ކާޑު ފަދަ ތަކެތީގެ ކަންކަން ހަމަޖެއްސުމާއި، މުވައްޒަފުންގެ ހާޒިރީއާ ބެހޭ އެންމެހައި ކަންކަން އިންތިޒާމު ކުރުމާއި، ޑިވިޜަން ވެރީން ފިޔަވައި އެހެން މުވައްޒަފުންގެ ސަލާމުގެ ކަންކަމާއި ސަލާމުގެ ރިކޯޑު ބަލަހައްޓައި ސަލާމާއި ހާޒިރީގެ ރިކޯޑު ކޮންމެ ދުވަހަކު ވެސް ޗާންސެލަރގެ ބިޔުރޯއަށް ފޮނުވުމާއި، މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ކުރުމުގެ ކަންކަން އިންތިޒާމު ކުރުމާއި، މުވައްޒަފުންގެ ޕާރފޯރމަންސް އެޕްރެއިޒަލްގެ ނިޒާމުގެ ކަންކަން އިންތިޒާމު ކޮށް ބެލެހެއްޓުމާއި، މީގެ އިތުރުން ވެސް ހިޔުމަން ރިސޯރސް މެނޭޖްމަންޓުގެ ކަންކަމާއި މުވައްޒަފުންނާ ބެހޭ އެންމެހައި ކަންކަން، ޑިވިޜަން ވެރިޔާގެ އިރުޝާދާ އެކު، އަދި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 އާ އެއްގޮތަށް ކުރުން. 

 5. ޑިވިޜަން ވެރިޔާގެ ލަފަޔާ އެކު، އެކަޑަމީގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާ ބެހޭ އެކިއެކި ޕްލޭންތައް އެކުލަވައިލުމާއި އެ ޕްލޭންތައް ތަންފީޛު ކުރުމާ ބެހޭ މަސައްކަތްތައް ކުރުން.

 

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ހިޔުމަން ރިސޯރސްގެ ދާއިރާއިން، ނުވަތަ މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ ސެޓުފިކެޓެއް ޙާޞިލު ކޮށްފައި ވުން.
  • މަސައްކަތުގައި ގިނަވަގުތު ހޭދަ ކުރެވޭނެ ފަދަ ފަރާތަކަށް ވުން.
  • ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ އެކިއެކި ތަންތަނުގައި އެކަޑަމީން ހިންގާ ނުވަތަ ބައިވެރި ވާ ޕްރޮގްރާމްތަކުގައި ބައިވެރި ވުމަށް ޓަކައި ދަތުރު ކުރުމުގައި ދަތިކަމެއް ކުރިމަތި ނުވާ ފަރާތަކަށް ވުން، އަދި ދަތުރުތަކުގައި ބައިވެރި ވެ ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަދަ ޞިއްޙީ ޙާލަތެއްގައި ހުރި ފަރާތަކަށް ވުން.
  • ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރި ފަރާތަކަށް ވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާ އެކު މުޢާމަލާތު ކުރާން އެނގޭ ފަރާތަކަށް ވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާ އެކު އެޑްވާންސްޑް ފެންވަރެއްގައި ބޭނުން ކުރާން އެނގޭ ފަރާތަކަށް ވުން.
  • ދައުލަތުގެ އިދާރާއަކުން ވަޒީފާއިން ވަކި ކޮށްފައި ވާ ފަރާތްތަކާއި، ބެކްގްރައުންޑް ޗެކް ކުރުމުން ފާސް ނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

ހުށަހަޅާން ޖެހޭ ތަކެތި

  1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް ކުރިމަތި ލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
  4. ލިބިފައި ވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
  5. މަޤާމަށް ކުރިމަތި ލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައި ވާ ކޯހެއް ފުރިހަމަ ކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާ އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)
  6. އަދާ ކޮށްފައި ވާ އަދި މިހާރު އަދާ ކުރާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު، އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހައިފައި ވާ އަސްލުގެ ކޮޕީ)

ސުންގަޑި

07 އޮކްޓޯބަރ 2018 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވާން ޖެހޭ ވަޒީފާއަށް އެދޭ ފޯމު މި އެކަޑަމީގެ ރިސެޕްޝަނުންނާއި، މިއެކަޑަމީގެ ވެބްސައިޓް: www.judicialacademy.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނެ ނަންބަރު: 3396880
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅާން ޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާން ކުރެވިފައި ވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައި ނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާ އިރު ހުށަހަޅާފައި ވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.

 

30 ސެޕްޓެންބަރު 2018
ހޯދާ