ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ކައުންސިލްގެ "އައްޑަނަ" ތެޔޮ ސެންޓަރަށް ދަގަނޑު ތާނގީއެއް ހޯދުން

އިޢުލާނު

 

 

ނިލަންދޫ ކައުންސިލްގެ "އައްޑަނަ" ތެޔޮ ސެންޓަރަށް ދަގަނޑު ތާނގީއެއް ހޯދުން

ނިލަންދޫ ކައުންސިލްގެ "އައްޑަނަ" ތެޔޮސެންޓަރަށް 41,000 (އެކާޅީސް ހާސް) ލިޓަރުގެ ދަގަނޑު ވައް ތާނގީއެއް ހަދަން ބޭނުންވެއްޖެއެވެ.

ވީމާ، ތާނގީ ހެދުމަށް ޝައުޤްވެރިވާ ފަރާތްތަކުން 2018 އޮކްޓޫބަރު 3 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޫބަރު 8 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ނިލަންދޫ ކައުންސިލްގެ ތެއުސެންޓަރަށް ދަގަނޑު ތާނގީއެއް ހަދައިދިނުމަށް އެދި " މިހެން ލިޔަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

16 މުޙައްރަމް   1440

26 ސެޕްޓެންބަރު 2018 

26 ސެޕްޓެންބަރު 2018
ހޯދާ