މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ނ.މަނަދޫ ،ދިވެހިރާއްޖެ

                                                ނަންބަރު: (IUL)228-AB/228/2018/13

 އިޢުލާން

މަޤާމް

މަސައްކަތު

މަޤާމްގެ ނަންބަރު

J-222186

ބޭނުންވާ އަދަދު

1

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމްގެ ރޭންކް

އެޑްމިން އެޗް އާރް އެންޑް އިންފޮމޭޝަން ޔުނިޓް

ސެކްޝަން

ކޯޕަރޭޓް އެފެއަރޒް ސެކްޝަން

މަޤާމް އޮތް އޮފީސް

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން

މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ، ނ.މަނަދޫ

މުސާރަ

-/3،100 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް

-/1،000 (އެއްހާސް ރުފިޔާ)

ސަޕޯރޓިންގ ކޯ އެލަވަންސް 1

-/1،200 (އެއްހާސް ދުއިސައްތަ ރުފިޔާ)

 

 

 

އިތުރު އިނާޔަތްތައް

1. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. މީގެ އިތުރުން މަޤާމްގެ މަސައްކަތަށް ކަނޑައަޅާފައިވާ އެހެނިހެން އިނާޔަތްތައް.

 

 

 

 

 

 

 

 

މަޤާމްގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް

1. އަތޮޅުކައުންސިލްގެ އިދާރާގެ ގޮތިތެރެއާއި، އިދާރާގެ ސަރަޙައްދު ކަމަށް އިދާރާއިން ކަނޑައެޅޭ އޭރިޔާއެއްގެވަށައިގެންވާ މަގާއި ގޯޅިއާއި އެކު މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހާ ސާފުކޮށް ކުނިއުކާލުމާއި، މިބުނެވުނުސަރަޙައްދު ތަކުގައި ފަޅާވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން.

2. އަތޮޅުކައުންސިލްއިދާރާގެ ގޯތިތެރޭގައި އިދާރާއިން ކަނޑައަޅާ ގޮތެއްގެމަތިން ގަސްއިންދާ ހެއްދުމާއި، ގަސްތަކަށްފެންދީ ބެލެހެއްޓުން.

3. އަތޮޅުކައުންސިލްގެ އިދާރާގެ ޢިމާރާތުގެ އެތެރެ މަދުވެގެން ކޮންމެދުވަހަކު އެއްފަހަރު ކުނިކަހާ ފޮޅާ ސާފުކުރުން، ފޮޅާސާފުކުރުމުގެ ތެރޭގައި ކައުންސިލް އިދާރާގައި ހުންނަ ގޮނޑި މޭޒުފަދަ ފަރުނީޗަރތައްވެސް ހިރަފުސް ނުހުންނާނެހެން ފޮހެސާފުކުރުން.

4. އަތޮޅުކައުންސިލްގެ އިދާރާގެ ދޮރުތަކާއި، ދޮރުފަތްތަކާއި، ފެންލައިޓް ތަކާއި، ބިތްލޫރިތަކާއެކު މަދުވެގެން ދެދުވަހުން އެއްދުވަހު ރަނގަޅަށް ފޮހެ ސާފުކުރުން.

5. ކައުންސިލްގެ އިދާރާގެ ދިދަ ދަނޑިއާއި، ޢިމާރާތުގެ އެތެރޭގެ ސިޑިއާއި، ބެލްކަނީ ޗެންޗޭނުފަދަ އެސް އެސް އިން ހަދާފައިހުރި ތަންތަނާއި ތަކެތި އެފަދަ ތަކެތި ސާފުކުރުމަށް ބޭނުންވާތަކެތި އިދާރާއިން ހޯދައިގެން މަދުވެގެން ހަފްތާއަކު އެއްފަހަރު ފޮހެސާފުކޮށް ދަބަރުނުޖަހާނޭހެން ރަނގަޅަށް ބެލެހެއްޓުން.

6. ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ގެންދަންޖެހޭ ތަކެތި ގެންދިއުމާއި، ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

7. އަތޮޅުކައުންސިލްގެ އިދާރާގެ ފަރާތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމްކުރާ ސެކްޝަން / ޔުނިޓްތަކުން އަންގާގޮތެއްގެ މަތިން ތަން ތައްޔާރުކުރުމާއި، ސާފުކުރުން.

8. އިދާރާއަށް ބޭނުންވެގެން އެކިފަރާތްތަކުން ގެންނަންޖެހޭ ތަކެތި ގެނައުމާއި، އިދާރާގެ އިމާރާތުގެ ފުރާޅުގެ ދިޔަދޮވި ސާފުކުރުން.

9. އިދާރާގެ ފާޚާނާތައް ކޮންމެދުވަހަކު ސާފުކުރުމާއި، އިދާރާގެ ފެންތާންގީ ސާފުކުރުން.

10. ސެކްޝަން / ޔުނިޓްތަކުގެ މަސައްކަތްތަކުގައި މުވައްޒަފުން ބޭނުންވާ އެހީތެރިކަން ދިނުން.

11. އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި،އިދާރާގެ މަސައްކަތުގެ ތެރެއިން  ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

 

މަޤާމްގެ ޝަރުތުތައް

ލިޔަންކިޔަން އެނގުން.

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކްޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.   

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

 

 

 

 

 

 

 

 

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭފޯމް

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާމަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ(ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރިކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުންސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށް ފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާން ކޮށް އެ އޮފީހަކުން ދުކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

 

 

 

މަޤާމަށް އެދެންވީގޮތާއި

ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11އޮކްޓޯބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއިލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.އީ-މެއިލް އެޑްރެހަކީ،

[email protected]އެވެ. ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއްކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 21 އޮކްޓޯބަރ 2018 އާއި 25 އޮކްޓޯބަރ2018 އާ ދެމެދު، ނ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުންއެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560012 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ

[email protected] އަށެވެ.

16 މުޙައްރަމް 1440

26 ސެޕްޓެމްބަރ 2018

26 ސެޕްޓެންބަރު 2018
ހޯދާ