ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ (ޕާރޓް ޓައިމް) - ސްކޫލް އޮފް ނާރސިންގ

މަޤާމް :ލެކްޗަރަރ
ބޭނުންވާ އަދަދު :10

 އިޢުލާން

  ސްކޫލް އޮފް ނަރސިންގ އިން މާލެ އާއި އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ހިންގާ ބެޗްލަރ އޮފް ނަރސިންގ އަދި ޑިޕްލޮމާ އިން ނަރސިންގ ކޯސްތަކުގެ މާއްދާތަށް ޕާރޓް ޓައިމްކޮށް ކިޔަވައި ދިނުމާއި ، ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކަށް  ލެކްޗަރަރ އިން ހޯދުމަށް ވަނީ ބޭނުންވެފައެވެ.

  ވީމާ، ކިޔަވައި ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 10 އޮކްޓޯބަރ 2018 (ބުދަ) ދުވަހުގެ 12:00 ކުރިން ސްކޫލް އޮފް ނަރސިންގ އަށް، ތަޢުލީމީ ސެޓްފިކެޓް ތަކާއެކު  ސިޓީ ފޮނުއްވުން އެދެމެވެ.

ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު: ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން ޑިޕްލޮމާ ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ކިޔަވައި ދޭންޖެހޭ މުއްދަތު:06 ޑިސެމްބަރ 2018 ގެނިޔަލަށް

 ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ އިތުރުން މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ  އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން.

 ނޯޓް: ހުރިހާ ގަޑިތަކެއް ނަގާ ދޭންވާނީ މި ސްކޫލުން ހަދާފައިވާ ޓައިމްޓޭބަލާއި އެއްގޮތަށެވެ.

 ހުށަހަޅަންޖެހޭ ލިއުންތައް:

1. ކިޔަވައިދޭ މާއްދާގެ ރޮގުން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު)

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3346555 ނަމްބަރު ފޯނަށެވެ.

 

26 ސެޕްޓެންބަރު 2018
ހޯދާ