މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިއުލާން

އިޢުލާން

                   މިރަށު ޤުރްއާނާއި ބެހޭ މަރުކަޒުގައި އަރަބި ދަސްކޮށްދޭ ކުލާސްތަކާއި، ތަޖްވީދުމަގަށް ކިޔަވައިދޭ ކުލާސްތަކާއި އަދި ޙިފްޡްކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ކުލާސްތަކެއް 3 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

                   05 އޮކްޓޯބަރ 2018 ގައި ފެށުމަށް ހަމަޖެހިފައިވާ މިކުލާސްތަކުގައި ބައިވެރިވާ ފަރާތްތަކުން ފީއެއްގެ ގޮތުގައި 200 ރުފިޔާ ދައްކަން ޖެހޭނެއެވެ. މި ކުލާސްތަކުގައި ބައިވެރިވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 02 އޮކްޓޯބަރ 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރުއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ކުލާސްތަކުގައި ބައިވެރިވުމަށްއެދޭ ފޯމް މި އިދާރާއިން ލިބެން ހުންނާނެއެވެ.

ނޯޓް: އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ދުރުވެ ނުވަތަ މި އިދާރާގެ ނަންބަރަށް 6580021 ގުޅުއްވުން އެދެމެވެ.

                   ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.     

                   15 މުޙައްރަމް 1440

                   25 ސެޕްޓެންބަރު 2018

25 ސެޕްޓެންބަރު 2018
ހޯދާ