މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ. 

މަޤާމް:

އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ

ޑިވިޜަން:

ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އޭސީސީއޭ ފަދަ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއްގެ މެމްބަރޝިޕް ލިބިފައިވުން ނުވަތަ އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މާރސްޓަރސް ހާސިލު ކޮށްފައިވުން.
  • އެކައުންޓްސް އެންޑް ފައިނޭންސްއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުމާއެކު މަދުވެގެން02  އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ (މެނޭޖީރިއަލް އެކްސްޕީރިއެންސް) ލިބިފައިވުން.
  • އައިއެފްއާރުއެސް/އައިއޭއެސް ގެ މައުލޫމާތު ލިބިފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި އެކައުންޓިން ސޮފްޓްވެއަރ ބޭނުން ކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އަހަރީ ބަޖެޓު ތައްޔާރުކުރުމާއި ބަޖެޓާ ގުޅުންހުރި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި ބަޖެޓާ ގުޅޭގޮތުން މެނޭޖްމަންޓަށް ބޭނުންވާ ރިޕޯޓްތައް ހުށަހެޅުން.
  • އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑަޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް އެމްއެމްއޭގެ މާލީ ބަޔާންތައް ތައްޔާރު ކުރުން.
  • އެމްއެމްއޭގެ ބަޖެޓް ޚަރަދުތައް ބެލެހެއްޓުމުގައި ބޭނުންވާ އުޞޫލްތަކާއި ކޮންޓްރޯލްތައް ކަނޑައަޅައި ދެމެހެއްޓުން.
  • ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަންގެ މަސައްކަތްތައް ރާވާ ހިންގުމުގެ ކަންކަން ބެލެހެއްޓުން.

ހުނަރުވެރިކަން: 

  • އަމިއްލަ އިސްނެގުމާއިއެކު މަސައްކަތްތައް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން

މުސާރަޔާއި އިނާޔަތްތައް:

25,000.00 – 30,000.00 ރުފިޔާ

މަޤާމް:

މަނިޓަރީ އެސިސްޓެންޓް

ސެކްޝަން:

މަނިޓަރީ ޕޮލިސީ ސެކްޝަން/މަނިޓަރީ ޕޮލިސީ އެންޑް އެކްސްޗޭންޖް ރޭޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު:

  • އިކޮނޮމިކްސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން.
  • އިކޮނޮމެޓްރިކްސްގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ޖީސީއީ އޯލެވެލްގެ އިމްތިހާނުގެ އިނގިރޭސި އަދި އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާ އިން "ބީ" ފާސް  ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.

 

 

  • އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެކުލަވާލުމުގައި އެހީތެރިވެދިނުން.
  • ފައިނޭންޝަލް އަދި މަނިޓަރީ ސެކްޓަރ އާއި ގުޅުން ހުރި ދިރާސާކޮށް ރިސާރޗް ޕޭޕަރުތައް ތައްޔާރުކޮށް، އަދި މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީވެދިނުން.
  • އިޤްތިސާދީ، ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާއާއި ގުޅޭ ތަފާސް ހިސާބުތަކަށް އަހުލުވެރިވެފައިވާ، މިފަދަ ހިސާބުތައް ދިރާސާކުރުމުގެ ހުނަރު ހުރި ފަރާތްތަކަށާއި އީ-ވިއުޒް ފަދަ އިކޮނޮމެޓްރިކްސް އަދި ފޯރކާސްޓިންގ ސޮފްޓްވެއަރ އަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަޔާއި އިނާޔަތްތައް:

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިސްލާމިކް ފައިނޭންސް ސެކްޝަން / ފައިނޭންޝަލް އެންޑް ކޮންސިއުމަރ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • އިސްލާމިކް ފައިނޭންސް، އެކައުންޓިން، ބޭންކިން، ފައިނޭންސް ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ނުވަތަ އިސްލާމިކް ޝަރީއާ އަދި ޖުރިސްޕްރިޑޭންސް ފަދަ ދާއިރާތަކުން ތަޢުލީމް ހާޞިލްކޮށްފައިވާ ފަރާތްތަކަށާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމަށް އެކުލަވާލެވޭ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިސްލާމިކް ފައިނޭންސްއާ ގުޅޭ ސިޔާސަތުތައް ރާވާ ހިންގުމުގައި އޮތޯރިޓީގެ މެނޭޖްމަންޓަށް ބޭނުންވާ ލަފާ ދިނުމުގައި އެހީތެރިވެދިނުމާއި އިސްލާމިކް ފައިނޭންސްގެ މަސައްކަތާގުޅޭ ރިސާރޗް ކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް އެންޑް ސެޓްލްމެންޓް ސެކްޝަން / ބޭންކިންގ އެންޑް ޕޭމަންޓްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ބޭންކިން  އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • ޖީސީއީ އޯލެވެލްގެ އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ތައުލީމާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް ސިސްޓަމާއި، އޮޓޮމޭޓެޑް ކްލިއަރިންގ ހައުސްއާއި ސްވިފްޓް ސިސްޓަމްއާ ގުޅޭ އިދާރީ މަސައްކަތްތައް ސުޕަވައިޒްކުރުމަށް އެހީތެރިވުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ރިސްކް އެެންޑް ކޮމްޕްލައިންސް ޔުނިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ކޮމާރސް، ބިޒްނަސް ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުން.
  • ޖީސީއީ އޯލެވެލްގެ އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.
  • ރިސްކް މެނޭޖްމަންޓާއި ކޮންމްޕަލައިންސްގެ ދާއިރާއިން ތައުލީމާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ މަސައްކަތްތަކުގައި ހުރި ރިސްކްތައް ދެނެގަނެ އެކަންކަން ހައްލު ކުރުމަށް ހަދާފައިވާ ފްރޭމްވޯކްތައް ހަރުދަނާކޮށް ދެމެހެއްޓުމަށާއި ރިސްކްތައް ކުޑަކުރުމަށް މޭނޭޖްމަންޓަށް ބޭނުންވާ ލަފާ ދިނުމާ އެކަންކަމަށް މުވައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ހިއުމަންރިސޯސް ޑިވެލޮޕްމަންޓް ސެކްޝަން / ހިއުމަން ރިސޯސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަންސް ނުވަތަ މެނޭޖްމަންޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން
  • ޖީސީއީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.
  • މި ވަޒީފާއަށް މީހަކު ހޮވުމުގައި ހިއުމަން ރިސޯސްގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށް އޮތޯރިޓީން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމްތައް ހަމަޖެއްސުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 19,600.00 ރުފިޔާ

މަޤާމް:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

 އެމްއެމްއޭ ޓްރޭނިން އިންސްޓިޓިއުޓް / ހިއުމަން ރިސޯސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން އަދި ޖީސީއީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އާއި ފައިނޭންޝަލް ސެކްޓަރގެ މުވައްޒަފުންނަށް ތަޢުލީމާއި ތަމްރީނު ދިނުމަށާއި ފައިނޭންޝަލް ސެކްޓަރ އަށް ބޭނުންވާ ޕްރޮފެޝަނަލް މީހުން ބިނާ ކުރުމަށް އެމްއެމްއޭ އިން ރާވާ ހިންގާ ޕްރޮގްރާމްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

މަޤާމް:

އޮފިސަރ

ސެކްޝަން/ޑިވިޜަން:

ބޯޑު އެންޑް ގަވަރނަރސް ސެކްރެޓޭރިއޭޓް / ގަވަރނަރސް އޮފީސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭ ލެވެލް އިމްތިހާނުގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލް ކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރުގެ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑިޕޮލޮމާ ނުވަތަ އެޑްވާންސް ޑިޕްލޮމާ ހާޞިލް ކޮށްފައިވުން އަދި ޖީސީއީ އޯލެވެލް އިމްތިހާނުގެ އިނގިރޭސި ބަހުން "ބީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ގަވަރުނަރު އަދި ޑެޕިއުޓީ ގަވަރުނަރުގެ ސެކްރޭޓިއަލް މަސައްކަތްތައް ބެލެހެއްޓުމާއި ގަވަރނަރސް އޮފީހުގެ މަސައްކަތްތައްތައް ހިންގުމުގައި އެހީތެރިވެ ދިނުން

މުސާރަޔާއި އިނާޔަތްތައް

9,000.00 – 12,000.00 ރުފިޔާ

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ޔުނިޓް:

ސެކިއުރިޓީ ސަރވިސަސް ސެކްޝަން/ ބިލްޑިން، ޕްރޮޕަޓީ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރު

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން އެމްއެމްއޭގައި ޤާއިމް ކޮށްފައިވާ ސެކިއުރިޓީ ނިޒާމް މެދުވެރިކޮށް ބެލެހެއްޓުން

ޝަރުތު:

  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނެ މީހަކަށްވުން
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ މީހަކަށްވުން
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުން
  • ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުން

މުސާރައާއި އިނާޔަތް:

7,000.00 – 12,000.00 ރުފިޔާ

މަޤާމް:

އޮފީސް އެސިސްޓެންޓް

ސެކްޝަން:

އެޑްމިނިސްޓްރޭޝަންް ސެކްޝަން/ ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އަސާސީ ތައުލީމްގެ ފެންވަރު ހުރުން
  • ދިވެހި ބަހާއި އިނގެރޭސި ބަހުން ލިޔެ ކިޔަން އެނގުން
  • ގިނަ ވަގުތު މަސައްކަތު އުޅެވޭނެ ހީވާގި މީހަކު ކަމުގައިވުން
  • ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭ އިން އެކިއެކި ތަންތަނަށް ފޮނުވަންޖެހޭ ސިޓީއާއި ތަކެތި ގެންދިއުމާއި އެފަދަ ތަކެތި ތަންތަނުން ގެނައުމާއި އެމްއެމްއޭގެ ވެހިކަލްތައް ދުއްވުން

މުސާރައާއި އިނާޔަތް:

5,000.00 – 8,000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

07 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ 15:00 އަށް

ނޯޓް: ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީން އަދި މި އޮތޯރިޓީގެ ވެބްސައިޓް www.mma.gov.mv  އިން ލިބެން ހުންނާއެވެ. އަދި މި ވަޒީފާ އަށް ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 05 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

25 ސެޕްޓެންބަރު 2018
ހޯދާ