އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރނެޓް ގެ ޚިދުމަތް ހޯދުން.

މި ކައުންސިލަށް އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެ އެވެ. އަދި އިންޓަރނެޓް ޚިދުމަތާއި އެކު ކައުންސިލްގެ އިންޓާރނަލް ނެޓްވާރކް އަޕްގްރޭޑް ކުރަންވެސް ބޭނުންވެއެވެ. 

މިކަމަށްޓަކައި އަގު ހުށައެޅޭނީ އިންޓަރނެޓްގެ ޚިދުމަތް ދިނުމަށްޓަކައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. 

ވީމާ، މިޚިދުމަތް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޯބަރ 04 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ޕޭކޭޖް ލިސްޓާއި އެކު އިންޓާނަލް ނެޓްވާރކް އަޕްގްރޭޑް ކުރުމަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދެވުމަށް ކައުންސިލްގެ ނައިބުރައީސް ޢަލީ ފިކުރީ (7780077) އަށް ގުޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.

25 ސެޕްޓެންބަރު 2018
ހޯދާ