ދިވެހިރާއްޖެ
ޑިޕާޓްމަންޓް: އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމެންޓް
ތަޢުލީމާ ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަން ކިޔަން އެނގުމާއި އެކު އިނގިރޭސިބަހުން ލިޔެފައި ހުންނަ ތަކެތި ރަނގަޅަށް ކިޔަން އެނގުން
- މަޤާމުގެ މަސައްކަތާއި ގުޅޭ ގޮތުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކާއި ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަޤާމުގެ މަސައްކަތްކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ހޮސްޕިޓަލުން އެކިއެކި އިދާރާތަކަށް ރައްދުކުރަންޖެހޭ ލިޔުންފަދަ ތަކެތި ރައްދުކޮށްދިނުން
2- ހޮސްޕިޓަލަށް ޢާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބެންކަށް ޖަމާކުރުން
3- ހޮސްޕިޓަލުގެ ފަރާތުން އެކިއެކި އިދާރާތަކަށް ދައްކަންޖެހޭ ފައިސާ ދައްކަން ދިއުން
4- ހޮސްޕިޓަލަށް ގެންނަންޖެހޭ މުދާ ފަދަ ތަކެތި ގެނައުމާއި، ގެނެވޭ މުދާ ކަމާބެހޭ މުވައްޒަފުންގެ ލަފާގެ މަތިން ތަރުތީބުކުރުމުގައި އެހީތެރިވުން
5- އެހެނިހެން އިދާރާތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެތަންތަނަށްގޮސް، ކުރަންޖެހޭ މަސައްކަތްތައް ކުރުން
މުސާރައާއި އިނާޔަތް : ހުޅުމާލެ ހޮސްޕިޓަލްގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 03 އޮކްޓޯބަރ 2018 ވަނަ ދުވަހު މެންދުރު 15:00 ގެ ކުރިން
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.
- ވަޒީފާއަށް އެދޭ ފޯމު
- ސީވީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
- އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ޕޮލިސް ރިޕޯޓް
ޚާއްޞަ ސަމާލުކަމަށް:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.