މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުވެހި އިމާރާތް މަރާމާތުކުރުން

އިޢުލާން

           މި އިދާރާގެ ބެލުމުގެ ދަށުގައިވާ އަތޮޅުވެހި އަމިއްލަތަކެތީގައި މަރާމާތުކުރުމަށް ފަރާތެއް ހޯދުމަށް ކުރެވުނު މި ޢިދާރާގެ ނަންބަރު: (IUL)227-ID/227/2018/46 (05 ސެޕްޓެމްބަރ 2018) ޢިއުލާނާއި ގުޅިގެންއެއްވެސް ފަރާތަކުން ބިޑު ހުށައަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 30ވާ އާދިއްތަދުވަހުގެ 13:00 އަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޯބަރ 7ވާ އާދިއްތަ ދުވަހުގެ 13:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

           މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުނިތަކާއި ލޯކަލް އިންވެސްޓްމަންޓްތަކަށެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

14 މުޙައްރަމް 1440

24 ސެޕްޓެމްބަރ 2018

24 ސެޕްޓެންބަރު 2018
ހޯދާ