މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ގދ.ގައްދޫ ޕޮލިސް ސްޓޭޝަނަށް ކޮންޓްރެކްޓް އުޞޫލުން ކޭޓަރިންގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

                           ގދ.ގައްދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނާއި ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ފަރާތްތަކަށް ކައްކައި ކާންދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                           ވީމާ، ކޮންޓްރެކްޓް އުސޫލުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ 14:00  އަށް ގދ.ގައްދޫ  ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2018 އޮކްޓޯބަރ 04 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ  ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.         

                            20 ސެޕްޓެމްބަރ 2018މ.

20 ސެޕްޓެންބަރު 2018
ހޯދާ