މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފިހާރަ ކުއްޔަށް ދިނުން

ތިރީގައި މިދަންނަވާ ފިހާރަ  އަކަފޫޓަކަށް -/212 (ދުއިސައްތަ ބާރަ) ރުފިޔާއަށް ވުރެ ކުޑަނުވާގޮތަށް 5 (ފަހެއް) އަހަރަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.

  • ތަޢުލީމީ ފަންޑު 22 ނަންބަރު ފިހާރަ (އަޙްމަދީ ބާޒާރު 1 ނަންބަރު ގޯޅި 5 ނަންބަރު ފިހާރަ ތިރީބަޔާއި ފުރަތަމަ ފަންގިފިލާ ) – 364 އަކަފޫޓް

           ވީމާ، މި ތަން ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން " ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް" މި އިދާރާއިން ހޯއްދަވައި ފުރިހަމަ ކުރެއްވުމަށްފަހު، 2018 އޮކްޓޯބަރ 4 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ ، އެދުރުހިޔާ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ބޭނުންވާ ފޯމް 2018 ސެޕްޓެމްބަރ 25 ވާ އަންގާރަ ދުވަހު ހެނދުނު 9:15 އިން ފެށިގެން ރަސްމީގަޑީގައި އެދުރުހިޔާ 9 ވަނަ ފަންގިފިލާގައިވާ މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.                 

           ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި -/30,000 (ތިރީސް ހާސް) ރުފިޔާ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާގައި ބަހައްޓަވަން ޖެހޭނެއެވެ.  ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބަންދުނޫން 30 ދުވަހެވެ.

           މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 3341193 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ސެޕްޓެންބަރު 2018
ހޯދާ