މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. ވޭވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 21 ގޯއްޗަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލުން

   މ. ވޭވަށުން  ދިރިއުޅުމަށް 3000 އަކަފޫޓްގެ 21 ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާތީ، މި ގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

   ވީމާ، ތިރީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކުން، ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 21 އޮކްޓޯބަރ 2018ގެ 14:00 ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. ބަންޑާރަ ގޯއްޗަށް އެދޭ ފޯމް ލިބެން ހުންނާނީ މ. ވޭވަށު ކައުންސިލުގެ އިދާރާއިންނެވެ.

މ. ވޭވަށުން ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ  ޝަރުތުތައް

  1. ދިވެހި ރައްޔިތަކަށްވުން
  2. ޢުމުރުން 18 އަހަރު ވެފައިވާ މީހަކަށްވުން
  3. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާ ފަދައިން ބިމެއް ލިބިފައި އޮވެގެން ނުވާނެއެވެ.

3.1. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން

3.2. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން.

3.3. އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް 600 އަކަފޫޓަށް ވުރެ ކުޑަ ނުވަތަ ބޮޑު ބައެއް ލިބިފައި ވާނަމަ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެ މަތިން އެބިން ދޫކޮށްލުމަށް އެއްބަސްވުން އަދި އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަން ވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމް ބާޠިލު ވާނެއެވެ.

  1. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކައިފައިވާތާ 2 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.
  2. ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުޢީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން
  3. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެ ދިޔަ 2 އަހަރުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.

ނޯޓް: މި ޝަރުތުތައް ހަމަނުވާ ފަރާތްތަކުގެ ފޯމް އިވެލުއޭޝަން މަރުހަލާގައި ބާޠިލުވާނެއެވެ. އަދި ބާޠިލުވި ފޯމްތައް ސަބަބާއެކު، ފޯމު ހުށަހެޅި ފަރާތަށް ލިޔުމުން އަންގާނެއެވެ.

މ. ވޭވަށުން ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

1.       ކައިވެނީގެ ބައި                                                             ލިބޭ ޕޮއިންޓް

1.1.    މީހަކާއި އިނދެގެން ހުރިނަމަ

20

1.2.    ކުރިން މީހަކާއި އިނދެ ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބި ނަމަ (މި ބަޔަށް ޕޮއިންޓް ލިބޭނީ، ގޯއްޗަށް އެދޭމީހާގެ ބެލުމުގެ ދަށުން، އޭނާ ޚަރަދު ކޮށްގެން އާއިލާއިން ނުވަތަ އޭނާ، ދަރިން ބަލާނަމެއެވެ.)

20

1.3.     ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ އަހަރަކަށް އެއް ޕޮއިންޓް (މި ގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

1

2.       ޢުމުރުގެ ބައި

2.1.    ޢުމުރުން 18 – 25 އަހަރާއި ދެމެދު ނަމަ

05

2.2.    ޢުމުރުން 26 އަހަރުން މަތިނަމަ

07

3.       ދަރިންގެ ބައި

3.1.    މިހަކާއި ނުއިނދެ 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ

10

3.2.    މީހަކާއި ނުއިނދެ 18 އަހަރުން ދަށުގެ އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ  ކޮންމެ ކުއްޖަކަށް 04 ޕޮއިންޓް (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓެވެ.)

04

3.3.    ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖެއް ހުރިނަމަ

03

3.4.    ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)

04

4.       މައިންބަފައިންގެ ބައި

4.1.    މަންމަ ބަލަމުން ދާނަމަ

3

4.2.    ބައްޕަ ބަލަމުން ދާނަމަ

3

4.3.    މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންދާނަމަ

3

5.       ރަށްވެހި ކަމުގެ ބައި

5.1.    ރަށުގެ ރަށްވެއްސެއްނަމަ

4

5.2.    ރަށުގައި ދިރިއުޅޭނަމަ

6

5.3.    ކުރިން ރަށްވެހިވެފައިވާ ރަށްދޫކޮށް މ. ވޭވަށަށް ރަށްވެހި ވެފައިވާތާ 3 އަހަރު ވެފައިވާނަމަ

10

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ގޯތި ލިބޭގޮތް

  • ގޯތި ލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ގިނަ ފަރާތްތައް ތިބި ނަމަ އެ ގޯތި ލިބޭ މީހާ ކަނޑައަޅާނީ ގުރު އަތުލައިގެންނެވެ.
  • ޕޮއިންޓް ލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެލިސްޓަށް ހޮވޭ ދެމަފިރިއަކަށް ދެގޯއްޗެއް ނުލިބޭނެއެވެ. އެދެމަފިރިންގެ ތެރެއިން ގޯތި ލިބޭނީ ނުވަތަ ގުރުއަތަށް ހޮވޭ މީހުންގެ ލިސްޓުގައި ހިމެނޭނީ ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން އިސްކަންދޭ ތަރުތީބުން އެ ދެމަފިރިންގެ ތެރެއިން އެންމެ މަތިން މާރކްސް ލިބުނު ފަރާތެވެ. އަދި އެންމެ މަތިން މާރކްސް ލިބޭ ފަރާތަށް ގޯތި ކަށަވަރު ވެއްޖެނަމަ، ދެމަފިރިންގެ ތެރެއިން ބާކީހުރި ފަރާތައް ގޯއްޗެއް ނުލިބޭނެއެވެ. އަދި ގުރުއަތުގައި ބައިވެރިވެސް ނުވެވޭނެއެވެ. ދެމަފިރިންގެ މާރކްސް އެއްވަރު ވެއްޖެނަމަ، ގޯތި ލިބޭނެ ފަރާތެއް ނުވަތަ ގުރުއަތުގައި ބައިވެރިވާނެ ފަރާތެއް ދެމަފިރިން ކަނޑައަޅާންވާނެއެވެ. އަދި ކަނޑަނާޅައިފިނަމަ، ގުރުއަތުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާނީ އެދެމަފިރިންގެ ތެރޭގައި ގުރުއަތު ލައިގެންނެވެ.

މ. ވޭވަށުން ގޯއްޗަށް އެދޭ ފަރާތްތަކަށް ޕޮއިންޓް ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

އިތުރު ތަފްޞިލް

  • ނަންބަރ 1.2 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާން ކުރުމުގެ ކުރިން ކައިވެނި ރޫޅިފައިވާ ނަމައެވެ. ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދެވޭނީ، ގޯއްޗަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.
  • ނަންބަރ 2 ގައިވާ ޢުމުރުގެ ބައި ބަލާނީ ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާއި ހަމައަށެވެ. މިބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއަށް ބަލައިގެންނެވެ.
  • ނަންބަރ 3 ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބި ކަމުގައިވިޔަސް ދެވޭނީ ޖުމްލަ 16 ޕޮއިންޓެވެ. މި ބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅާފައިވާ ދަރިންގެ އުފަން ދުވަހުގެ ސެޓްފިކެޓްތަކުގެ ކޮޕީއަށް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުން ޖެހިފައިވާ ކުދިންނަށް ޕޮއިންޓް ދެވޭނީ، އެކުދިންގެ އުފަން ދުވަހުގެ ސެޓްފިކެޓްގެ އިތުރުން އެކުދިންނަކީ ޚާއްޞަ އެހީއަށް ބޭނުން ޖެހިފައިވާ  ކުދިންކަން އަންގައިދޭ ޑޮކްޓަރުގެ ލިއުމެއް ހުށަހެޅުމުންނެވެ.
  • ނަންބަރ 4 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭ ޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުންދާގެންދާ ކަމުގެ ލިޔުމެއް އެފަރާތުން ހުށަހެޅުމުންނެވެ.
  • ނަންބަރ 4.3 ގައިވާ ފަދަ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހަކު ބަލަމުންދާ ކަމަށް ބެލެވޭނީ އެ މީހަކީ މުސްކުޅި ވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއްކޮށް ނޫޅޭވޭ ފަދަ މީހަކަށް ވެފައި އެމީހެއްގެ ގޯއްޗެއް ނެތި އެމީހުން ކައިރީގައި ބަހއްޓައިގެން ބަލަމުން ދާނަމެއެވެ. އަދި ޝަރުޢީ ގޮތުން ބަލަންޖެހޭ އެހެން މީހެއް ބަލަމުން ގެންދާނަމަ، ޕޮއިންޓް ލިބޭނީ އެފަރާތެއް ބަލަމުން ގެންދާކަމުގެ ޝަރުޢީ ލިޔުމެއް ގޯއްޗަށް އެދި ހުށަހަޅާ ފަރާތުން ހުށަހަޅާނަމައެވެ.
  • ނަންބަރ 5.2 ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭކަން އަންގައިދޭ ރަސްމީ ލިޔުމެއް ނުވަތަ ރަށުގައި ވަޒީފާ އަދާކުރަމުންދާކަމުގެ ރަސްމީ ލިޔުމެއް ނުވަތަ އެރަށުގައި ދިރިއުޅޭ ގެއެއްގެ ވެރިފަރާތުގެ ރަސްމީ ލިޔުމެއް އެފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއާއިއެކު ގޯއްޗަށް އެދޭ ފަރާތުން ހުށަހަޅާފައި ވާނަމައެވެ. އަދި ރަށުން ބޭރުގައި  ދިރިއުޅުނު ނަމަވެސް، ރަށުން ބޭރުގައި ދިރިއުޅެމުންދަނީ، ކިޔެވުމަށް ނުވަތަ ކިޔަވައި ދިނުމަށް 6 މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެކަން ސާބިތުކޮށްދިނުމަށް ކިޔަވަން ފެށިތާރީހާއި ކިޔަވަމުންދާ ކޯސް އަދި މުއްދަތު އެނގޭނެ ލިޔުމެއް ތަޢުލީމް ޙާޞިލްކުރަމުންދާ އިދާރާގެ ތައްގަނޑު ޖަހާފައިވާ، އެ އިދާރާގެ ރަސްމީ ލިޔުމެއް ހުށަހަޅާނަމައެވެ. 6 މަސް ދުވަހުގެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި  ދިރިއުޅުޅުނު ނަމަވެސް އެއީ ރަށުން ބޭރުގައި ދިރިއުޅެމުންދާ ފަރާތެއްގެ ގޮތުގައި ނުބެލެވޭނެއެވެ.
  • ނަންބަރ 5.3 ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭތާ 3 އަހަރު ވެފައިވާކަން އަންގައިދޭ ރަސްމީ ލިޔުމެއް އެފަރާތުން ހުށަހަޅާފައި ވާނަމައެވެ.
  • ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއްލިބި އެ ގޯތި ދަޢުލަތަށް ދޫކޮށްލުމަށް އެއްބަސްވާނަމަ، އެކަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަން ވާނެއެވެ.
  • ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚާ ހަމައަށެވެ.

 

  ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

 

 

1.       ކައިވެނީގެ ބައި                                                             ލިބޭ ޕޮއިންޓް

1.1.    މީހަކާއި އިނދެގެން ހުރިނަމަ

20

1.2.    ކުރިން މީހަކާއި އިނދެ ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބި ނަމަ (މި ބަޔަށް ޕޮއިންޓް ލިބޭނީ، ގޯއްޗަށް އެދޭމީހާގެ ބެލުމުގެ ދަށުން، އޭނާ ޚަރަދު ކޮށްގެން އާއިލާއިން ނުވަތަ އޭނާ، ދަރިން ބަލާނަމެއެވެ.)

20

1.3.     ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ އަހަރަކަށް އެއް ޕޮއިންޓް (މި ގޮތަށް ގިނަވެގެން ދެވޭނީ 6 ޕޮއިންޓެވެ.)

1

2.       ޢުމުރުގެ ބައި

2.1.    ޢުމުރުން 18 – 25 އަހަރާއި ދެމެދު ނަމަ

05

2.2.    ޢުމުރުން 26 އަހަރުން މަތިނަމަ

07

3.       ދަރިންގެ ބައި

3.1.    މިހަކާއި ނުއިނދެ 18 އަހަރުން ދަށުގެ ދަރިއަކު ހުރިނަމަ

10

3.2.    މީހަކާއި ނުއިނދެ 18 އަހަރުން ދަށުގެ އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ  ކޮންމެ ކުއްޖަކަށް 04 ޕޮއިންޓް (މިބަޔަށް ގިނަވެގެން ދެވޭނީ 16 ޕޮއިންޓެވެ.)

04

3.3.    ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ ކުއްޖެއް ހުރިނަމަ

03

3.4.    ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 18 އަހަރުން ދަށުގެ އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)

04

4.       މައިންބަފައިންގެ ބައި

4.1.    މަންމަ ބަލަމުން ދާނަމަ

3

4.2.    ބައްޕަ ބަލަމުން ދާނަމަ

3

4.3.    މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންދާނަމަ

3

5.       ރަށްވެހި ކަމުގެ ބައި

5.1.    ރަށުގެ ރަށްވެއްސެއްނަމަ

4

5.2.    ރަށުގައި ދިރިއުޅޭނަމަ

6

5.3.    ކުރިން ރަށްވެހިވެފައިވާ ރަށްދޫކޮށް މ. ވޭވަށަށް ރަށްވެހި ވެފައިވާތާ 3 އަހަރު ވެފައިވާނަމަ

10

20 ސެޕްޓެންބަރު 2018
ހޯދާ