ދިވެހިރާއްޖެ
އިޢުލާން
އިނޮވޭޓިވް ފައިނޭންސިންގ އަދި ފަސޭހަ މަދަދު ފޭސް 2 ފައިނޭންސް ސްކީމަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
މި މިނިސްޓްރީން 10 ސެޕްޓެންބަރު 2018 ކޮއްފައިވާ އިޢުލާން (IUL)101-EP/1/2018/163 އާއި ހަވާލާދީ ދަންނަވަމެވެ. އިނޮވޭޓިވް ފައިނޭންސިންގ އަދި ފަސޭހަ މަދަދު ފޭސް 2 ސްކީމުގައި ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެދޭތީ، އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން އިނޮވޭޓިވް ފައިނޭންސިންގ އަދި ފަސޭހަ މަދަދު ފޭސް 2 ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު 27 ސެޕްޓެމްބަރު 2018 ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމަވެ.
މިގޮތުން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10.00 އިން 12.00 އަށް ތިރީގައިވާ ތަންތަނުންނެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ތަންތަން:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނުމަގު، މާލެ، 1691
- ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރ، ހޮޓްލައިން 7917089
- ޅ. ނައިފަރު ބިޒްނަސް ސެންޓަރ، ހޮޓްލައިން 7918432
- ދ. ކުޑަހުވަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7918495
- ލ. ފޮނަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7914431
- ގދ. ތިނަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7913715
- ސ. ހިތަދޫ ބިޒްނަސް ސެންޓަރ، ހޮޓްލައިން 7916947
މި މުއްދަތުގައި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، [email protected] އަށް އީމެއިލް ފޮނުއްވައިގެންވެސް ފޯމު ހުށަހެޅުއްވޭނެއެވެ.
މި ދެ ސްކީމާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 1691 ނަންބަރަށް ގުޅުއްވުމަށް ދަންނަވަމެވެ.
10 މުޙައްރަމް 1440