މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ބިދެސީންގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންކުރާ ސިސްޓަމް އަޕްގްރޭޑް ކުރުމާއި ގުޅޭ

ދިވެހި ރާއްޖޭގައި މަސައްކަތް ކުރާ ބިދެސީންގެ މައުލޫމާތު ބެލެހެއްޓުމަށާއި ކޯޓާއާއި ވާރކްޕާމިޓް ދޫކުރުމަށާއި އަދި ވާރކްވީޒާގެ މައުލޫމާތު ބެލެހެއްޓުމަށްޓަކައި ބޭނުންކުރަމުން އަންނަ އެކްސްޕެޓް ސިސްޓަމްގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނެޝަންލަ ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީން ދަނީ ކުރަމުންނެވެ. މިގޮތުން މިހާރު މިސިސްޓަމް  ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ފަސޭހަކަމާއި އެކު ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އައު URL އެއް ވަނީ ތައްޔާރުކޮށްފައެވެ. މިގޮތުން 01 އޮކްޓޯބަރ 2018 އިން ފެށިގެން އެކްސްޕެޓް އޮންލައިން ސިސްޓަމަށް އެކްސެސް ވުމަށް ބޭނުންކުރަންވާނީ https://workpermit.egov.mv/ އެވެ. އަދި މި ހިދުމަތް މިހާރު ބޭނުން ކުރަމުންދާ ފަރާތްތަކަށް ދަތިނުވާގޮތަށް ކުރީގެ URL ބޭނުންކުރުމުން ފަހުގެ URL  ރީޑިރެކްޓްވެގެންދާނެއެވެ. 

 

20 ސެޕްޓެންބަރު 2018
ހޯދާ