ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ޞިއްޙީމަރުކަޒުގެ މަސައްކަތު

                               ނަންބަރު: FMHC/2018/06 

                                                                   

އިޢުލާން

          މިދާއިރާގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރްޙަބާ ދަންނަވަމެވެ.  

 

 

މަޤާމް

މަސައްކަތު

މަޤާމުގެ ނަންބަރު:

J-254926

ބޭނުންވާ ޢަދަދު:

01 ( އެކެއް )

ގިންތި: 

ދާއިމީ

ރޭންކް:

އެސް. އެސް. 1

ކްލެސިފިކޭޝަން: 

ސަޕޯރޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު ، ގދ. ފަރެސްމާތޮޑާ

މުސާރަ:

-/1003 ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ ( މަހަކު )

 

 

އެހެނިހެން އެލަވަންސް:

  1. ސަޕޯރޓިންގ ކޯ އެލަވަންސް. ( މަހަކު -/1200 ރ )
  2. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  4. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާ.
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް:

  1. ޞިއްހީމަރުކަޒުގެ އޮފީހާއި، އޮފީސް ހިމެނޭ ސަރަޙައްދު ކުނިކަހައި، ސާފުތާހިރުކޮށް ބެލެހެއްޓުން.
  2. ސިއްހީމަރުކަޒުން އެކިތަންތަނަށް ރައްދުކުރަންޖެހޭ ލިޔެކިޔުންތަކާއި، ތަކެތި ރައްދުކުރުން.
  3. ޙާލުބޮޑު ބަލިމީހުން ޞިއްޙީމަރުކަޒަށް ގެނެވޭ ވަގުތު އެމްބިއުލާންސްގެ މުވައްޒަފުންނަށާއި، ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  4. އެޓެންޑެންޓުންނަށާއި، ލޯންޑްރީގެ މަސައްކަތްތަކަށް އެހީތެރިކަން ދިނުން.
  5. ޞިއްޙީމަރުކަޒުގެ ޚިދުމަތްތަކަށް އެދިގެން އަންނަ މެހެމާނުންނަށް މަގުދެއްކުމާއި، އެހީތެރިކަން ފޯރުކޮށްދިނުން.

ސިއްހީމަރުކަޒުން އަންގައިގެން ކުރަންޖެހޭ ރަސްމީ ކޮންމެ މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުޠު:

  1. ލިޔަންކިޔަން އެނގުން.  

 

 

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް ފަރެސްމާތޮޑާ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒިފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4.  ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް    މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ .

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވަ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ގަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ . ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.                                   

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިޔޫކޮށްގެން.

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

ވަޒީފާއަށް އެދޭ ފޯރމު ފަރެސްމާތޮޑާ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.  މަޤާމަށް  އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅުއްވާނީ 02 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފަރެސްމާތޮޑާ  ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. ހުށަހަޅުއްވާ ތަކެތި އީ-މެއިލް [email protected] ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ.

އިންޓަރވިޔޫ އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ 2018 އޮކްޓޯބަރ މަހުގެތެރޭގައި އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ ފަރެސްމާތޮޑާ ޞިއްޙީމަރުކަޒުގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިޔޫ ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6840097 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ފެކްސް ކުރައްވާނީ 6840097 އަށެވެ.

           09  މުޙައްރަމް 1440

           19 ސެޕްޓެމްބަރ 2018

19 ސެޕްޓެންބަރު 2018
ހޯދާ