ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ތިނަދޫ ސިނާޢީ ސަރަޙައްދުން ބިންތައް ކުއްޔަށް ދޫކުރުން.

އިޢުލާން

ގދ. ތިނަދޫ ލޭންޑް ނަންބަރ E02 ބްލޮކްގެ އިރުމަތީ ބައިން ގުދަން އިމާރާތް ކުރުމަށް އަދި E02 ބްލޮކްގެ ހުޅަނގުބައިން ސިމެންޓް ގައު އެޅުމުގެ މަސައްކަތަށް ޙާއްސަކޮށް ތިރީގައި މިދަންނަވާ ބިންތައް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މި އިޢުލާނާއެކު ސަރަޙައްދުގެ ޗާޓް ހިމެނިފައިވާނެއެވެ.

#

ބިމުގެ ނަންބަރ

ޙާއްސަ ކުރެވިފައިވާ މަސައްކަތް

ސަރަޙައްދު

ދޫކުރެވޭ އެންމެ ކުޑަ ކުލި

ހ.

6

7

13

14

ގުދަން އިމާރާތް ކުރުމަށް

E02  ބްލޮކްގެ އިރުމަތި

އަކަފޫޓަކަށް 01 ރުފިޔާ

ށ.

1

2

8

9

ސިމެންޓް ގައު އެޅުމަށް

E02  ބްލޮކްގެ ހުޅަނގު

އަކަފޫޓަކަށް 01 ރުފިޔާ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝެޑިއުލްގައިވާ ގޮތުގެ މަތިން މި އިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ޕްރޮޕޯސަލް ހުށެހެޅެއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފްކުރުން

27 ސެޕްޓެމްބަރ 2018

ބުރާސްފަތި

11:00

ޕްރޮޕޯސަލް ހުށެހެޅުން

04 އޮކްޓޯބަރ 2018

ބުރާސްފަތި

11:00

މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފްކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ. މަސައްކަތް ޙަވާލުކުރާނެ ފަރާތް ހޮވުމަށް ޕޮއިންޓް ދެވޭނެ ގޮތުގެ މަޢުލޫމާތު ކަރުދާހެއް، މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް ލިބިވައިޑައިގަންނަވާނެވެ.

19 ސެޕްޓެންބަރު 2018
ހޯދާ