ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
60-އޭޑީއެމް/248/2018 ނަންބަރ އިއުލާނަށް އެކަޝީގެންވާވަރަށް އެޕްލިކޭޝަން ފޯރމް ލިބިފައިނުވާތީ އަލުން އެމަޤާމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޤާމް:ޓެލެފޯން އޮޕަރޭޓަރ
ބޭނުންވާ އަދަދު:01 (އެކެއް)
އަސާސީ މުސާރަ:މަހަކު -/3380 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން:އެސްޓީއޯ ކޯލް ސެންޓަރ (ސ. ފޭދޫ) / އެޑްމިން އެންޑް އެޗް އާރް ޑިޕާރޓްމަންޓް
އެހެނިހެން އިނާޔަތްތައް
- އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި، -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- ކޯލް ސެންޓާރަށް އަންނަ ފޯންކޯލް ތަކަށް ޖަވާބު ދިނުން
- ކޯލް ސެންޓަރގެ ފޯންލޮގް ޑެއިލީކޮށް މޮނީޓަރކޮށް ރެކޯޓް ބެލެހެއްޓުން
ފެންވަރު ނުވަތަ ޝަރުތު
- ޖީ.ސީ.އީ. އޯލެވެލް 3 މާއްދާއިން "ސީ" އަށްވުރެ މަތިން ފާސްވެފައިވުމާއިއެކު، އެސް.އެސް.ސީ އިމްތިހާން ދިވެހިން "ސީ" ފާހައްވުރެއް މަތިން ފާސްވެފައިވުން.
- ވަޒީފާއާއި ގުޅޭދާއިރާ އަކުން މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.
އެހެނިހެން ހުނަރު
- މީހުންނާ ރިވެތިބަހުން މުއާމަލާތު ކުރުމުގެ ހުނަރުހުރުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން
ސުންގަޑި
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 26 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ސ. ފޭދޫ ފިހާރައަށް ނުވަތަ ހެޑްއޮފީސް ކައުންޓަރއަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި އިއުލާންގައިވާ ޝަރުތު ހަމަވާ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
- ގުޅޭނެ ނަންބަރު: 3344273 އީމެއިލް އެޑްރެސް:[email protected]