ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ބ.އޭދަފުށި ފިހާރައިގެ ވިޔަފާރިއަށް ގެންދެވޭ މުދާ ބޯޓުތަކުން ބާލައިގެން ގޮސް އެސްޓީއޯ ބ.އޭދަފުށި ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިގެ ފަރާތުން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެވެރިފަރާތް:   ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުން:  ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 26  ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން އެސް.ޓީ.އޯ އޭދަފުށި ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.

ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 ސެޕްޓެމްބަރ 26 ވާ ބުދަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ. 

މައުލޫމާތުދިނުން:  ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2018 ސެޕްޓެމްބަރ 27 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސްޓީއޯ އޭދަފުށި ފިހާރައިގައި އޮންނާނެއެވެ.

ސުވާލާއިޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 ސެޕްޓެމްބަރ 30 ވާ އާދީއްތަ ދުވަހުގެ 09:00 ގެ ކުރިން  އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 ސެޕްޓެމްބަރ 30 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 އޮކްޓޯބަރ 04 ވާ ބުރާސްފަތި ދުވަހުގެ 14:30 ގައި އެސްޓީއޯ އޭދަފުށި ފިހާރައިގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

އިތުރުމަޢުލޫމާތުހޯއްދެވުމަށްގުޅުއްވާނީ:

ފޯނު: 3344180، 3344262 3344321

ފެކްސް: 3344633

އީމެއިލް: [email protected]

                 

17 ސެޕްޓެންބަރު 2018
ހޯދާ