އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުކޮނުން

މަގުތައް ދިއްލުމަށް ޖަހާފައިވާ ހޮޅިދަނޑިތަކުން ކޭބަލް ހަލާކުވެފައިވާ ބައެއް ހޮޅިދަނޑިތަކަށް ކޭބަލް އެޅުމަށް ގާތްގަނޑަކަށް 490 ފޫޓް ދިގުމިނުގެ ސަރަހައްދެއް ކޮނެދޭނޭފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރ (IUL)347/347/2018/70 އިޢުލާނަށް  އެކަށީގެންވާވަރަށް އިޖާބަ ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީ ހިސާބު ހުށައެޅުއްވުމަށް

2018 އޮކްޓޫބަރ 2 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00

2018 އޮކްޓޫބަރ 4 ވާ ބުދަ ދުވަހު މެންދުރުފަހު 13:00

 

މި މަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށައަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އަންގައިދޭ ސިޓީއެއް އަންނަ މީހާގެ ޙަވާލުގައި ފޮނުއްވުން އެދެމެވެ.  

17 ސެޕްޓެންބަރު 2018
ހޯދާ