އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ފެންތާނގި ބަރި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލްގެ އޮފީސް ކައިރީގައި މިހާރު ހަދާފައި ހުރި 4 ފެންތާނގީގެ ތާނގީ ބަރި ނަގާ، މި ސްކޫލުން ދޭ ކުރެހުމާ އެއްގޮތައް، ސްކޫލު ގޯތީގެ އިރު ދެކުނު ކަނުގައި އަލުން ފެންތާނގި ބަރި ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)GS80/2018/10 އިޢުލާނާ ގުޅިގެން، ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމުގެ ބަދަލުގައި އެ އިޢުލާނު ބާޠިލުކޮށް އަލުން ބީލަން ހުށަހެޅުމަށް ހުޅުވާލުމުން ބީލަމަށް އެންމެ ފަރާތަކުން ކުރިމަތިލައްވާފައިވުމުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. އަދި މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން، 2018 ސެޕްޓެމްބަރ 17 އިން 2018 ސެޕްޓެމްބަރ 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް އުލިގަމު ސްކޫލަށް ޙާޟިރުވެ ނަން ނޯޓް ކުރެއްވުން އެދެމެވެ.

މި މަސައްކަތާގުޅޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ، 2018 އޮކްޓޯބަރ 01 ވާ ހޯމަ ދުވަހުގެ 12:45 ގައި އުލިގަމު ސްކޫލުގައެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2018 އޮކްޓޯބަރ 07 ވާ އާދީއްތަ ދުވަހުގެ 12:45 ގައި އުލިގަމު ސްކޫލުގައެވެ.

މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނާ އެޓޭޗުކުރެވިފައި ވާނެއެވެ.

17 ސެޕްޓެންބަރު 2018
ހޯދާ