މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މަގުހެދުމުގެ މަސައްކަތްކުރުމަށްޓަކައި ތަކެތި ބެހެއްޓުމަށް ކަޑައެޅިފައިވާ ސަރަޙައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދުން

ފުވައްމުލަކު މަގުގެ މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާތަކެތި ބެހެއްޓުމަށް މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު މަގުގެ ދެކުނު ފަޅިން ދަޑިމަގު ފްލެޓް ސަރަހައްދުގެ ހުޅަގުން އޮތް ދަޑިމަގު ބޮޑުބީވާ ހިމެނޭ ސަރަހައްދުން ކުރީގެ ރޯޑްކޯޕަރޭޝަންގެ މަސައްކަތައް ބޭނުންކުރި ބިމުގައި ނަންބަރ 01 އިން 08 އާއި ހަމަޔަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

  ވީމާ މިރުއްގަހުގެ ވެރިފަރާތުން ސެޕްޓެންބަރު 23 ވާ އާދީއްތަ ދުވަހު 14:00 ގެ ކުރިން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަހެއްކަން ނުވަތަ ރުއްގަހުގެ މިލްކުވެރިކަން އެގޭނެ ލިއުމަކާއިއެކު ފުވައްމުލަކު ލޭންޑް ބިލްޑިންގް އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމެންޓް/ އުތުރު ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ.

16 ސެޕްޓެންބަރު 2018
ހޯދާ