ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތަކަކާއިބެހޭ މަޢުލޫމާތު ސާފުކުރުމަށް

މިރަށު ވޭސްޓް މެނޭޖްމަންޓް ކަލެކްޝަން ގެ އުތުރު ފަރާތުން ނަރުދަމާގެ މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ބިމަށްއަރާ އަދި ހިމާލިޔާ ގޯތީގެ ކުރިމަތިން އޮތްމަގާއި، ކުނިކޮށީގެ އުތުރުން އަލަށް ކެނޑުމަށް ހަމަޖެހިފައިވާ މަގަށްއަރާ 14 ރުކުގެ މަޢުލޫމާތު ސާފުކުރަން ބޭނުންވެއްޖެއެވެ.

މި ރުއްތަކުގައި ނޫކުލައިގެ ދަވާދުން ނަންބަރު: 01 ން 14 އަށް ނަންބަރު ޖަހާފައި ހުންނާނެއެވެ.

ވީމާ، މި ރުއްތަކުގެ ވެރިފަރާތްތަކުން އެ ސަރަޙައްދަށް ދުރުވެ މަޢުލޫމާތު ސާފް ކުރެއްވުމަށްފަހު 2018 ސެޕްޓެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14.00 ގެކުރިން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވުން އެދެމެވެ. މި ރުއްތަކާއިބެހޭ މަޢުލޫމާތު ސާފުކުރުމަށް މީގެކުރިންވެސް އިޢުލާނު ކުރެވިފައިވާތީ މި މުއްދަތުގެ ތެރޭގައި މަޢުލޫމާތު ނުލިބޭ ރުއްތަކަކީ ރައްޔިތުންގެ މާލިއްޔަތުގެ ރުއް ކަމަށްބަލައި އެފަދަ ރުއްތައް ކަނޑައި ނައްތާލެވޭނެއެވެ.

02 މުޙައްރަމް     1440

12 ސެޕްޓެމްބަރ    2018

12 ސެޕްޓެންބަރު 2018
ހޯދާ