މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފުވައްމުލަކު ދަޑިމަގު ނޭޗަރ ޕާރކަށް ހިނގުމަށް މަގުހެދުމާއި ގުޅޭ

ފުވައްމުލަކު ދަޑިމަގު ކުޅިއަށް ވަންނަ މަގުގެ ދެކުނު ފަޅީގައި، ނޯބަހާރު އަލަށް އިމާރާތްކޮށްފައިވާ ބައިގެ ފާރުން ފެށިގެން ނޭޗަރ ޕާރކާއި ދެމެދު އޮތް އަލައޮޅުތަކުން ބަޔަކާއި ރަށް ދަވާދުން ނަންބަރު 01 ޖަހާފައިވާ ރުކަކީ މަގަށް އަރާތީ ނަގާލަން ޖެހޭ ތަކެއްޗެވެ. އަލައޮޅުތަކުން މަގަށް ނަގާލަންޖެހޭ ސަރަޙައްދުގައި ވާނީ ކަޑަޖަހައި ފާހަގަ ކުރެވިފައެވެ.

  ވީމާ މިރުއްގަހުގެ ވެރިފަރާތުން 20 ސެޕްޓެމްބަރ 2018  ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން ނުވަތަ ރުއްގަހުގެ މިލްކުވެރިކަން އެގޭނެ ލިއުމަކާއިއެކު ފުވައްމުލަކު ލޭންޑް ބިލްޑިންގް އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމެންޓް/ އުތުރު ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ.

މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން ހުށަނާޅާނަމަ މަގުހެދުމަށްޓަކައި މިތަކެތި ނައްތާލެވޭނެއެވެ.

13 ސެޕްޓެންބަރު 2018
ހޯދާ