މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި. ޑީ ކާޑު ކަލެކްޓިން ޕޮއިންޓެއް ގާއިމް ކުރުމަށް ބޭނުންވާ ތަކެތި ހޯދުމާއިބެހޭ

މިއިދާރާގައި އައިޑީކާޑު ކަލެކްޓިން ޕޮއިންޓެއް ގާއިމް ކުރުމަށްޓަކައި، މިއިޢުލާނާއިއެކު ހިމަނާފައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެމަތީން އަމިއްލަ ޚަރަދުގައި ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިތަކެތި މިކައުންސިލަށް ހޯދައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ ރަސްމީގަޑި ނިމުމުގެކުރިން މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. 27 ސެޕްޓެމްބަރ 2018 ވަނަ ދުވަހުގެ 14:00 ގެ ފަހުން ކުރާ މެއިލް ބަލައިނުގަނެވޭނެކަމުގައި މަޢުލޫމާތަށްޓަކާއި ދަންނަވަމެވެ.

މިކަމަށް ކުރިންކުރެވުނު މިކައުންސިލުގެ ނަންބަރ  (02.09.2018)363/2018/A-22އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައި ނުވާތީ، އިއުލާނު ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6720035 ނުވަތަ 7595939 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

13 ސެޕްޓެންބަރު 2018
ހޯދާ