ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :2

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

2

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެކައުންޓިންގ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 03 މަހުގެ ނިޔަލަށް)

މުސާރަ:

މަހަކު 4,668.61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.83 ރުފިޔާ

ޢިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. ގްރޭޑް 12 ނިންމާފައިވުން.ނުވަތަ،
  2. 10 ނިންމާފައި 2 އަހަރު ދުވަހުގެ ތަޖްރިބާމަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ސެޓިފިކެޓް ލެވެލް 1 ނުވަތަ 2،ގެ ސަނަދެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. 

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ސެކްޝަނަށް ލިބޭ ބިލުތައް ނަގާ، އެންޓްރީ ކުރުންން.
  • ބިލުތަކަށް ފައިސާ އަދާކުރުމަށް ބޭނުންވާ އެންމެހައި ލިޔުންތައް ހޯދައި އެލިޔުންތައް ބިލާ އެޓޭޗްކުރުމަށްފަހު ފައިސާ އަދާ ކުރުމަށް ވައުޗަރ ތައްޔާރުކޮށް ފައިސާ އަދާކުރުމަށް ބޭނުންވާ އެންމެހައި ކަންތައްކުރުން.
  • ސެކްޝަންގެ މެއިލް އަށް އަންނަ މެއިލް ތައް ޤަވާއިދުން ޗެކްކުރުން އަދި ހަވާލުކުރެވިފައިވާ ފެކަލްޓީ ތަކާއި ގުޅޭ މެއިލްތަކަށް ޖަވާބުދިނުން.
  • ޕާރޓް ޓައިމް ލެކްޗަރަރއިންގެ އުޖޫރަ ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްކުރުން.
  • ދަތުރުތަކުގެ ރިކުއެސްޓް އައުމުން ދަތުރު ޝީޓް ތައްޔާރު ކުރުން، އަދި ދަތުރަށް ބޭނުންވާފައިސާ ނަގާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފައިސާހަވާލުކުރުން.
  • ބިލްތަކަށް ފައިސާ ދިނުމަށްޓަކައި ޕޭމަންޓް ވައުޗަރ ހަދާ މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވުން އަދި މި ފޮނުވާ ވައުޗަރުތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • ދުވަހުން ދުވަހަށް ވައުޗަރ ރަޖިސްޓްރީ އަޕްޑޭޓް ކުރުން.
  • ވައުޗަރާއި ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ތަރުތީބުން ފައިލުކޮށް ބެލެހެއްޓުން.
  • ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުން.
  • ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައިތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިންއަންގަވާ ގޮތެއްގެމަތިން ކުރުން.
  • ޔުނިވަރސިޓީގައި ކުރާ މުހިއްމު މަސައްކަތް ތަކުގައި ޢަމަލީ ގޮތުން ބައިވެރި ވުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2018 ސެޕްޓެންބަރު 19 ވާ ބުދަދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒަށް.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއަކުން ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، އެޕްލިކޭޝަނާއިއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

 

އިތުރު މަޢުލޫމާތު:

 

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.

 

12 ސެޕްޓެންބަރު 2018
ހޯދާ