މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ދޯނި "ދުރުރާސްތާ 10" ކުއްޔަށް ދިނުން

ރައްޔިތުންގެ ދޯނި "ދުރުރާސްތާ 10" ކުއްޔަށް ދިނުން

މި ކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުންދާ ދުރުރާސްތާ – 10 ދޯނި މިހާރު ކުއްޔަށް ދީފައިވާ މުއްދަތު މި އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހަމަވާތީވެ އެ ދޯނި އަލުން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.  މި ދޯނި ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މި އިދާރާއިން ކަނޑައަޅާފައިވާ ކްރައިޓީރިއާ ތަކަށް ބަލައިގެން ބީލަމަށް އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

މި ދޯނި ކުއްޔަށް ހިއްޕަވަން ބޭނުންވާ ފަރާތްތަކުން ދޯނީގެ ބީލަން ފޮތް ބައްލަވައި ގަނެވޭނެ އިންތިޒާމް މި ކައުންސިލް އިދާރާގައި 13 ސެޕްޓެމްބަރ 2018 ވަނަ ދުވަހުން ފެށިގެން މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ދިނުމުގެ ސެޝަން އޮންނަ ވަގުތާއި ހަމަޔަށް ހަމަޖެހިފައި ވާނެއެވެ. ދޯނީގެ ބީލަން ފޮތެއްގެ އަގަކީ -/2000ރ (ދެހާސް ރުފިޔާ) އެވެ. މިދޯނި ކުއްޔަށް ދިނުމަށް ކުރެވޭ އިޢްލާނަށް އިޖާބަދޭ ފަރާތްތަކަށް ބޭއްވޭ ޕްރީބިޑް ބައްދަލުވުން އޮންނާނީ 25 ސެޕްޓެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ. އަދި ބީލަން ހުށަހެޅުން އޮންނާނީ 01 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި މި ކައުންސިލްގެ އިދާރާގެ މީޓިންގް ރޫމްގައެވެ.

މި ބީލާމާއި ގުޅިގެން މަޢްލޫމާތު ސާފު ކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ބީލަންފޮތް ބައްލަވައި ނުގަންނަ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. މަޢްލޫމާތު ސާފު ކުރައްވަން އަދި ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ. އެހެން އަމިއްލަ ފަރުދެއް ނުވަތަ ކުންފުންޏެއްގެ ފަރާތުން ބަދަލުގައި ޙާޒިރުވާނަމަ އެކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.

                  02  މުޙައްރަމް 1440

                        

12 ސެޕްޓެންބަރު 2018
ހޯދާ