މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މާލެ، ހުޅުމާލެ އަދި ބްރިޖް ހުރަސްކޮށް ދަތުރުކުރާ ޓެކްސީ ކާރު އަދި ސައިކަލް ޓެކްސީ ތަކުން ޕެސެންޖަރުންގެ އަތުން ނެގޭނެ އެންމެ މަތީއަގު ކަނޑައެޅުން

އިޢުލާން

 

މާލެ، ހުޅުމާލެ އަދި ބްރިޖް ހުރަސްކޮށް ދަތުރުކުރާ ޓެކްސީ ކާރު އަދި ސައިކަލް ޓެކްސީ ތަކުން ޕެސެންޖަރުންގެ އަތުން ނެގޭނެ އެންމެ މަތީއަގު ކަނޑައެޅުން

މާލެ، ހުޅުމާލެ އަދި ބްރިޖް ހުރަސްކޮށް ދަތުރުކުރާ ޓެކްސީ ކާރު އަދި ސައިކަލް ޓެކްސީ ތަކުން ޕެސެންޖަރުންގެ އަތުން ނެގޭނެ އެންމެ މަތީއަގު ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ހަމަޖައްސައިފީމެވެ.

ޓެކްސީ ކާރު ގެ އަގުތައް

މާލެ އެއްތަނުން އަނެއްތަނަށް ކުރެވޭ ދަތުރަކަށް

-/25 ރުފިޔާ

ހުޅުމާލެ އެއްތަނުން އަނެއްތަނަށް ކުރެވޭ ދަތުރަކަށް

-/25 ރުފިޔާ

މާލެ އިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް ދަތުރަކަށް

-/35 ރުފިޔާ

ހުޅުމާލެ އިން ހުޅުލެއަށް ނުވަތަ ހުޅުލެ އިން ހުޅުމާލެއަށް ދަތުރަކަށް

-/35 ރުފިޔާ

މާލެ އިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެ އިން މާލެއަށް ދަތުރަކަށް

-/40 ރުފިޔާ

މެންދަމު 00:00 އާއި ހެންދުނު 06:00 އާއި ދެމެދު ކުރާ ދަތުރެއްނަމަ ދަތުރުފީގެ އިތުރުން -/5ރ

ޑިކީއަށް ދާގީނާއެއް އަރުވައިގެން ކުރާ ދަތުރެއްނަމަ ދަތުރުފީގެ އިތުރުން -/5ރ

ސައިކަލް ޓެކްސީ ގެ އަގުތައް

މާލެ އެއްތަނުން އަނެއްތަނަށް ކުރެވޭ ދަތުރަކަށް

-/10 ރުފިޔާ

ހުޅުމާލެ އެއްތަނުން އަނެއްތަނަށް ކުރެވޭ ދަތުރަކަށް

-/10 ރުފިޔާ

މާލެ އިން ހުޅުލެއަށް ނުވަތަ ހުޅުލެއިން މާލެއަށް ދަތުރަކަށް

-/15 ރުފިޔާ

ހުޅުމާލެ އިން ހުޅުލެއަށް ނުވަތަ ހުޅުލެ އިން ހުޅުމާލެއަށް ދަތުރަކަށް

-/15 ރުފިޔާ

މާލެ އިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެ އިން މާލެއަށް ދަތުރަކަށް

-/20 ރުފިޔާ

ވީމާ މާލެ، ހުޅުމާލެ އަދި ބްރިޖް ހުރަސްކޮށް ދަތުރުކުރާ ޓެކްސީ ކާރު އަދި ސައިކަލް ޓެކްސީ މި ރޭޓްތަކާއި އެއްގޮތަށް ޢަމަލުކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ.

30 ޛުލްޙިއްޖާ    1439

10 ސެޕްޓެމްބަރ  2018

10 ސެޕްޓެންބަރު 2018
ހޯދާ