މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެނެކްސް ބިލްޑިންގްގެ ވީ.އައި.ޕީ ރޫމްގެ އިންޓީރިއަރ ހެދުމަށް ބޭނުންވާ މެޓީރިއަލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އެނެކްސް ބިލްޑިންގްގެ ވީ.އައި.ޕީ ރޫމްގެ އިންޓީރިއަރ ހެދުމަށް ބޭނުންވާ މެޓީރިއަލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ކުރެވުނު ފުރަތަމަ ނަންބަރު (IUL)138-AS6/1/2018/229 (25 ޖޫން 2018) އަދި ދެވަނަ ނަންބަރު (IUL)138-AS6/1/2018/247 (08 ޖުލައި 2018) އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ، މި އިޢުލާން ބާޠިލްކޮށް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ސެޕްޓެންބަރު 12 ވާ ބުދަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ސެޕްޓެންބަރު 17 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ސެޕްޓެންބަރު 12 ވާ ބުދަ ދުވަހުގެ 10:30 އިން ފެށިގެން 2018 ސެޕްޓެންބަރު 17 ވާ ހޯމަ ދުވަހުގެ 09:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އަދި، މަޢުލޫމާތު ކަރުދާހުގައި އަންގަވާފައިވާގޮތަށް ބިޑް ސެކިއުރިޓީ ހުށަހެޅުއްވުމަށް ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

09 ސެޕްޓެންބަރު 2018
ހޯދާ