ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ސްކޫލް ގޯތިތެރޭގައި ހަދާފައިވާ 8 ފިހާރައިގެތެރެއިން 4 ފިހާރަ ކުއްޔަށް ދިނުމާއިބެހޭ

ކުރީގެ ސްކޫލްގޯތިތެރޭގައި ހަދާފައިވާ 8 ފިހާރައިގެ ތެރެއިން، އެއްބަސްވުމުގެ މުއްދަތު ހަމަވާ 4 ފިހާރަ (01، 06 ،07 އަދި 08 ނަންބަރު ފިހާރަ) ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މިކަމާއިގުޅޭ މަޢުލޫތުދިނުން، 2018 ސެޕްޓެމްބަރ 16 ވާ އާދީއްތަ ދުވަހު 13:00 ގައި މި އިދާރާގެ ކޮންފަރެންސް ރޫމުގައި އޮންނާނެއެވެ. އަދި މިކަމަށްއެދި އަގު ހުށަހެޅުން، 2018 ސެޕްޓެމްބަރ 25 ވާ އަންގާރަ ދުވަހު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ރޫމުގައި  އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ސައްހަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ސެޕްޓެންބަރު 2018
ހޯދާ