ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމުގެ މަސައްކަތަށް 02 ބިން ދޫކުރުން

އިޢުލާނު

މަސްކައްކާ ހިއްކުމުގެ މަސައްކަތަށް 02 ބިން ދޫކުރުން

މިއިދާރާގެ ނަންބަރު: (IUL)374-C/374/2018/99 (13 އޯގަސްޓް 2018) އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް ބިންލިބުނު ފަރާތްތަކުގެ ތެރެއިން 02 ފަރާތަކުން ބިން ދޫކޮއްލާފައިވާތީ، އެ 02 ބިން ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާނު ކުރަމެވެ.  

ވީމާ، ބިން ހޯދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ސެޕްޓެންބަރު 12 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސަފު ކުރެއްވުމަށްފަހު، 2018 ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ފޯމުގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 15 (ފަނަރަ) ލާރިއެވެ.

ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "މަސްކައްކާ ހިއްކާ މަސައްކަތް ކުރުމަށް ބިން ހޯދުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

24  ޛުލްޙިއްޖާ  1439

04 ސެޕްޓެންބަރު 2018

 

މުޙައްމަދު ޖަލީލު

ފ. ނިލަންދޫ ކައުންސިލްގެ ރައީސް

04 ސެޕްޓެންބަރު 2018
ހޯދާ