މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސިނަމާލެ ބުރިޖާއި ހުޅުލެ – ހުޅުމާލެ ލިންކުރޯޑް ބޭނުންކުރުމާގުޅޭ

 

އިޢުލާން

 

ސިނަމާލެ ބުރިޖާއި ހުޅުލެ – ހުޅުމާލެ ލިންކުރޯޑް ބޭނުންކުރުމާގުޅޭ

 

ސިނަމާލެ ބުރިޖާއި ހުޅުލެ – ހުޅުމާލެ ލިންކުރޯޑް ބޭނުންކުރާ ފަރާތްތަކުން މަގު ބޭނުންކުރުމުގައި ލޭންތައް ކަނޑައެޅިފައިވާގޮތް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

1- ބުރިޖު އަދި ލިންކުރޯޑުގައި އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނީ މޯލްޑިވްސް ޓްރާންސްޕޯރޓް އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ އިންޖީނުލީ އެއްގަމު އުޅަނދެއްގައެވެ.

2- ބުރިޖު އަދި ލިންކުރޯޑުގައި އެއްގަމު އުޅަނދު ދުއްވުމުގެ ސްޕީޑް ލިމިޓަކީ ގަޑިއަކު 25 ކިލޯމީޓަރާއި 50 ކިލޯމީޓަރާއި ދެމެދެވެ.

3- ބުރިޖު އަދި ލިންކުރޯޑްގެ އެންމެ ބޭރު 2 ލޭން ހާއްސަކުރެވިފައިވަނީ ޕަބްލިކް ބަސް އަދި ދެފުރޮޅުލީ އިންޖީނު އުޅަނދު ދުއްވުމަށެވެ. ދެފުރޮޅުލީ އިންޖީނު އުޅަނދު ދުއްވާއިރު ހެލްމެޓު އެޅުމަކީ އެދެވިގެންވާ ކަމެކެވެ.

4- ބުރިޖު އަދި ލިންކުރޯޑުގެ މެދުގައިވާ 2 ލޭން ހާއްސަ ކުރެވިފައިވަނީ ބަސް ފިޔަވާ ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމަށެވެ.

5- ބުރިޖު އަދި ލިންކުރޯޑުގައި ދުއްވާ އެއްގަމު އުޅަނދު އެއުޅަނދެއް ދުއްވުމަށް ކަނޑައެޅިފައިވާ ލޭން ފިޔަވާ އެހެން ލޭން ތަކުގައި ދުއްވުމާއި އޯވަރޓޭކް ކުރުމަކީ ހުއްދަކަމެއް ނޫނެވެ.

6- ބުރިޖްގައި ހިނގާ މީހުންނާއި ދުވާމީހުން ބޭނުންކުރަންވާނީ އެކަމަށް ކަނޑައެޅިފައިވާ ލޭންއެވެ. އަދި ބުރިޖް ގައި އެއްގަމު އުޅަނދު ދުއްވުމަށް ހާއްސަކޮށްފައިވާ ލޭންތަކާއި ލިންކު ރޯޑުގައި ފައިމަގުގައި އުޅުމާއި ބައިސިކަލް ދުއްވުމަކީ ހުއްދަކަމެއް ނޫނެވެ.

7- ސައިކަލްގައި އަމިއްލައަށް އިށީނދެ ނުއިނދެވޭވަރު ކުޑަކުދިން އަރުވައިގެން ސައިކަލްގައި ބުރިޖް އަދި ލިންކުރޯޑުގައި ދުއްވުމަކީ ހުއްދަކަމެއް ނޫނެވެ.

8- 02 ޓަނަށްވުރެ ބަރުކޮށް މުދާއުފުލުމަށް ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދާއި ބަރު އުޅަނދު އަދި އިކުއިޕްމެންޓް ބުރިޖު ނުވަތަ ލިންކުރޯޑު ބޭނުންކުރެވޭނީ މެންދަމު 01:00 އާއި ފަތިހު 05:00 އާ ދެމެދުގައެވެ. ބަރު އުޅަނދުގެ ތެރެއިން ރަބަރުފުރޮޅު ލާފައިވާ އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތަކަށް ބުރިޖު ނުވަތަ ލިންކުރޯޑު ބޭނުންކުރެވޭނީ ޓްރެއިލާއެއްގައި އުޅަނދު ބާއްވައިގެންނެވެ.

9- ބުރިޖު އަދި ލިންކުރޯޑުގައި މުދާ އުފުލަންވާނީ އެއްގަމު އުޅަނދުގައި މުދާއުފުލުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ރަނގަޅަށް ބަންދުކޮށްގެންނެވެ. ޕިކަޕްފަދަ ހާމައަށް މުދާ އުފުލޭގޮތަށް ހުންނަ އެއްގަމު އުޅަނދުގައި މުދާ އުފުލާއިރު އުޅަނދުން މުދާ ނުވެއްޓޭގޮތަށް ރަނގަޅަށް ބަންދުކުރުމަށް ސަތަރި ނުވަތަ ކާގޯނެޓް ބޭނުންކުރަންވާނެއެވެ.

10- ބުރިޖު އަދި ލިންކުރޯޑުގައި މުދާ އުފުލާ އުޅަނދު ދުއްވާއިރު ފޮށިގަނޑުގައި މީހުން ތިބުމަކީ ހުއްދަކަމެއް ނޫނެވެ.

11- ބުރިޖު އަދި ލިންކުރޯޑުގައި އެއްގަމު އުޅަނދު ދުއްވުމަށް ކަނޑައެޅިފައިވާ ސްޕީޑަށްވުރެ މަޑުން އަދި ބާރަށް ދުއްވައިގެން ނުވާނެއެވެ. އަދި ބުރިޖު އާއި ލިންކުރޯޑުގެ އެއްވެސް ސަރަހައްދެއްގައި އުޅަނދު މަޑުކުރުމާއި ޕާކު ކުރުމަކީ ހުއްދަކަމެއްނޫނެވެ.

12- ބުރިޖު އަދި ލިންކުރޯޑުން ދަތުރުކުރާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓްގެ ޓާމިނަލް ސަރަޙައްދަށް ވަދެވޭނީ މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ ލިމިޓެޑް އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހުއްދަކުރާ އުޅަނދުތަކަށެވެ.

13- މެއިންޓަނަންސް ކުރުމަށްޓަކައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބުރިޖުގެ ބައެއް ނުވަތަ މުޅި ބުރިޖު ވަގުތީގޮތުން ބަންދުކުރަން ޖެހިއްޖެ ޙާލަތެއްގައި ބުރިޖު ބަންދުކުރާ ވަގުތުތައް ޢާއްމުކޮށް އިޢުލާން ކުރެވޭނެއެވެ.

14- ބުރިޖު އާއި ލިންކުރޯޑް ބޭނުންކުރުމުގައި ގަވާއިދާއި ޚިލާފްވާ ފަރާތްތަކާމެދު، ޤާނޫނު ނަންބަރު 5/2009  "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

 

 

07 ސެޕްޓެންބަރު 2018
ހޯދާ