މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އދ.ދިއްދޫއަށް ތަކެތި ގެންދިއުމަށް 01 ލޭންޑިންގ ކްރާފްޓް ކުއްޔަށް ހިފުމާއި ގުޅޭ

އިޢުލާން

މި ސަރވިސަސް އިން އދ.ދިއްދޫގައި ކުރަމުންދާ މަސައްކަތަށް ބޭނުންވާ ތަކެތި ގެންދިއުމަށް 01 ލޭންޑިންގ ކްރާފްޓް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  16 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 09 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުން ފެށިގެން 13 ސެޕްޓެމްބަރ 2018ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީގަޑީގައި ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ.

26 ޛުލްހިއްޖާ 1439ހ.

06 ސެޕްޓެންބަރު 2018
ހޯދާ