ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް:            ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:         01 (އެކެއް)

މުސާރަ:             -/9,500 ރުފިޔާ

ލިވިންގ އެލަވަންސް:        -/3,000 ރުފިޔާ

ރިސްކް އެލަވަންސް:        -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:     ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  މި އޮފީހުގައި ޤާއިމުކޮށްފައިވާ ސޮފްޓްވެއަރތަކާއި ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ދުވަހުން ދުވަހަށް ބެލެހެއްޓުން / ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތްކުރުން

 

ފެންވަރު ނުވަތަ ޝަރްޠު: 

 

(ހ)  މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

(ށ)  NET. ނުވަތަ PHP ފަދަ ޕްރޮގްރާމިންގ ލެންގުއޭޖަށް އަހުލުވެރިވުން

(ނ)  JQuery, CSS3 ,HTML5, JavaScript ފަދަ ވެބް ޓެކްނޮލޮޖީ އަށް އަހުލުވެރިވުން

(ރ)  MSSQL ނުވަތަ  MYSQLއަށް އަހުލުވެރިވުން

(ބ)  ސިސްޓަމް އެނަލައިސިސް އެންޑް ޑިޒައިނިންގ އަދި ސޮފްޓްވެއަރ ޑިވެލޮޕްމެންޓް ލައިފް ސައިކަލްއަށް އަހުލުވެރިވުން

(ޅ)  MVC ފްރޭމްވޯރކަށް އަހުލުވެރިވުން

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަގާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 13 ސެޕްޓެންބަރު 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ނޯޓް: 1 - މިއޮފީހުގެ އިޢުލާން ނަންބަރު (IUL)196-C/1/2018/43 ގައިވާ މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުން މި ޢިއުލާނަށް ކުރިމަތި ލައްވަން ޖެހިވަޑައިނުގަންނަވާނެ ވާހަކަ ދަންނަވަމެވެ.

 

2 - މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުތުފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 14:00 އަށެވެ.

 

 

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

2- ވަނަވަރު

3- ދރއ. ކާޑުގެ ކޮޕީ

4- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

26 ޛުލްޙިއްޖާ 1439

 

06 ސެޕްޓެންބަރު 2018
ހޯދާ