ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިޒައިންކޮށް ޑިވެލޮޕް ކުރުން

 

                  މިޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތަށް ޑޭޓާބޭސް ސޮފްޓްވެއަރ ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު:  IUL)  133-AS/133/2018/6)  އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އެސްޓިމޭޓްތައް ހުށަހަޅާފައި ނުވާތީވެ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. 

 

                  ވީމާ ސޮފްޓްވެއަރ ޑިޒައިންކޮށް ޑިވެލޮޕްކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 16 ސެޕްޓެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

06 ސެޕްޓެންބަރު 2018
ހޯދާ