ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރަކު ބޭނުންވެއްޖެ

އިޢުލާން

މިކުންފުނީގެމިދަންނަވާމަޤާމަށްމުވައްޒަފު(ން)ބޭނުންވެއްޖެއެވެ.

މަޤާމް:

 އޮފިސަރ  (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

01

އަސާސީ މުސާރަ:

މަހަކު -/4350 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:

އެސްޓީއޯ ހެޑް އޮފީސް / ހިއުމަން ރިސޯސް ޑިޕާރޑްމަންޓް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

 

މަޤާމުގެ މަސްޢޫލިއްޔަތު:

- ރެކްރޫޓްމަންޓްއާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން

- މުވައްްޒަފުންގެ ވަޒީފާ އެއްބަސްވުމާއި ކޮންޓްރެކްޓްތައް ތައްޔާރު ކުރުން

- މުވައްޒަފުންނަށް އޮރިއެންޓޭޝަން ކަންތަކުގައި އެހީތެރިވުން

- އެޓެންޑެންސްއާއި ގުޅުންހުރި މަސައްކަތްތައް ކުރުން

- ޓްރެއިނިންގ އާއި ގުޅުންހުރި އެންމެހައި މަސައްކަތްތައް ކުރުން

- އެޗް އާރް ޑިޕާރޓްމަންޓްގެ އެހެނިހެން މަސައްކަތުގައި އެހީތެރިވުން

 

ފެންވަރު ނުވަތަ ޝަރުތު

- ޖީ.ސީ.އީ. އޯލެވެލް 2 މާއްދާއިން ފާސްވެފައިވުމާއި އެކު ދިވެހި މާއްދާއިން "ސީ" ފާހެއް ނުވަތަ އެއަށް ވުރެއް މަތީ ފާހެއް އޮތުން

- މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން

- މަޤާމްއާއި ގުޅޭދާއިރާއަކުން މަސައްކަތުގެ ތަޖްރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

 

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 12 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

 

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަވިއުއިން އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344273 / އީމެއިލް އެޑްރެސް:[email protected]

 

                     06 ސެޕްޓެމްބަރ 2018

06 ސެޕްޓެންބަރު 2018
ހޯދާ