މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާނު

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-276080

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ށ އަތޮޅު ކައުންސިލްގެ އިދާރާ / ށ ފުނަދޫ

މުސާރަ:

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު 2000.00 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް 2:

މަހަކު -/700 ރުފިޔާ

އިތުރު ޢިނާޔަތްތައް:

 

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-  ޙަވާލުކުރެވޭ މަސައްކަތް ތަކުގެ ލިޔެކިއުންތައް މައްސަލަ ރަޖިސްޓްރީއަށް އެރުވުމާއި ، މައްސަލަ ރަޖިސްޓްރީ ޤަވާޢިދުން  އަޕްޑޭޓްކުރމާއި  ނިމޭ މައްސަލަތައް ފައިލްކުރުން

2-  ކައުންސިލްގެ މަސައްކަތު ތާވަލްގައި ހިމެނިގެން ޔުނިޓާއި ޙަވާލުކުރެވޭ ޕްރޮގްރާމް ތަކުގެ އިދާރީ މަސައްކަތް ކުރުން

3-  އަތޮޅު ތަރައްޤީއަށް ބޭނުންވާ ކަންކަމުގެ ޕްރޮޖެކްޓް ޕްރޮޕޯސަލް ހެދުމާއި ފަންޑް ހޯދުމުގެ އިދާރީ މަސައްކަތް ކުރުން

4-   ކައުންސިލުގެ ބެލުމުގެ ދަށުން އަތޮޅުތެރޭގައި ހިންގޭ ޕްރޮޖެކްޓްތައް މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް  އިޢުލާންކުރުންމާއި، މަޢުލޫމާތުދިނުމާއި، ބިޑުތައް ބަލައިގަނެ އިވެލުއޭޝަނަށް ފޮނުވުން

5-  ބިޑްކާމިޔާބުކުރާ ފަރާތްތަކާއިއެކު އެގްރިމެންޓްހެދުމާއި ޕްރޮޖެކްޓްތައް މޮނިޓަރ ކޮށް ބެލެހެއްޓުން

6- ޕްރޮޖެކްޓްތަކާއިގުޅިގެން ހުށަހެޅޭ ބިލްތަކަށް ފައިސާދޫކުރުމަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން

7-  ނަފާވެހި ޚިދުމަތް ދިނުމަށްޓަކައި ނަގަންޖެހޭ ހުއްދަތައް ހޯދުމާއި، މުއްދަތު ހަމަވުމުގެ ކުރިން އައުކުރުމުގެ މަސައްކަތްކުރުން

8- ދުވަހު ކުއްޔަށް ކޮޓަރި ދޫކުރެވޭ ކަސްޓަމަރުންގެ މަޢުލޫމާތު (ލޮގް) ޤަވާޢިދުން ލިޔެ ބެލެހެއްޓުން

9- ކުއްޔަށް ދޫކުރެވޭ ޢިމާރާތްތަކުގެ ތެރެއިން ސްޓޭޓްހައުސްގެ  މަންތްލީ އޮކިއުޕެންސީ ރިޕޯރޓް ތައްޔާރުކޮށް ޤަވާޢިދުން ފޮނުވުން

10- ކޮޓަރި ކުއްޔަށްދޫކުރުމުގެ ކުރިން ކޮޓަރިތައް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި ކޮޓަރި ދޫކޮށްލެވޭ އިރު ކޮޓަރި ޗެކްކުރުން އަދި ކޮޓަރި ކުއްޔަށް ދޫކުރުމުގެ ކުރިން ކަސްޓަމަރުން ޢަމަލުކުރަންޖެހޭ އުޞޫލުތަކުގެ މަޢުލޫމާތު ކަސްޓަމަރުންނަށްދީ، ކޮޓަރި ހަވާލުކުރެވޭއިރު ލިޔުމުން ހަވާލުކުރުން

11- ޚިދުމަތުގެ ބިލް ހެދުމުގެ އިންތިޒާމާއި ލިބެންވާ ފައިސާ މުއްދަތަށް ލިބޭތޯބަލާ ޗެކްކޮށް ފައިސާ ހޯދުމުގެ އެންމެހާ ކަންތައްތައް ކުރުން

12- ނަފާވެހި ޕްރޮގްރާމްގެ ދަށުން ކުއްޔަށްދޫކުރެވޭ ކޮޓަރިތަކުގެ ޙާލަތުބަލާ ދިމާވާމައްސަލަތަކުގެ މަޢުލޫމާތު މެއިންޓެނެންސް އޮފިސަރަށް ރިޕޯރޓްކުރުމާއި މައްސަލަ އަވަސްކުރުމަށް ފިޔަވަޅުއެޅުން.

13- އަތޮޅު ކައުންސިލްގެ އިދާރާއާއި، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކުގެ ތަޅުދަނޑިތައް ލޭބަލްކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން

14- ނަފާވެހި ޕްރޮގްރާމްގެ ދަށުން ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރެވޭ ޢިމާރާތްތަކުގެ އެގްރިމެންޓް ހެދުމާއި ފައިސާ ހޯދުމުގެ އެންމެހާ ކަންކަން ކުރުން

15- ސުނާމީ ލޯނާއި ތަރައްޤީ ފަންޑުން ދޫކުރެވިފައިވާ ލޯނުތަކުގެ ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތްކުރުން

16- މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި،ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައް ކުރުން 

 މަޤާމުގެ ޝަރުޠުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

   (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

   (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
  • މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ސެޕްޓެމްބަރ 2018 ގެ 14:00 ގެ ކުރިން، ށ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ،31 އޮގަސްޓް 2018 އާއި 13 ސެޕްޓެމްބަރ 2018 އާ ދެމެދު، ށ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. 

ޝޯޓް ލިސްޓްކުރުން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ،18 ސެޕްޓެމްބަރ 2018 އާއި 29 ސެޕްޓެމްބަރ 2018 އާ ދެމެދު، ށ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540025ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

26 ޛުލްހިއްޖާ 1439

06 ސެޕްޓެމްބަރ 2018

06 ސެޕްޓެންބަރު 2018
ހޯދާ