މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ކައުންސެލަރ (ފުލްޓައިމް)، ހުޅުމާލެ/ފިޔަވަތި

މި މިނިސްޓްރީއާއި  މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.

 

މަޤާމް:

 

ކައުންސެލަރ (ފުލްޓައިމް)

ބޭނުންވާ އަދަދު:

 

01

މަޤާމުގެ ގިންތި:

 

ކޮންޓްރެކްޓް (01 އަހަރު)

ސެކްޝަން

 

ފިޔަވަތި، ހުޅުމާލެ

މަޤާމު އޮތް އޮފީސް:

 

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 

ފިޔަވަތި، ހުޅުމާލެ (ދުވާލަކު 8 ގަޑިއިރު)

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (މާސްޓަރސް ޑިގްރީ):

 

މަސައްކަތުގެ އެލަވަންސް މަހަކު: 11065.00 ރުފިޔާ

ސަރވިސް އެލަވަންސް މަހަކު: 4435.00 ރުފިޔާ

ރިސްކް އެލަވަންސް މަހަކު:މަސައްކަތަށް ނިކުންނަ ކޮންމެ  ދުވަހަކަށް -/100

 

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ބެޗަލާސް ޑިގްރީ):

 

 

މަސައްކަތުގެ އެލަވަންސް މަހަކު: 8835.00 ރުފިޔާ

ސަރވިސް އެލަވަންސް މަހަކު: 3665.00 ރުފިޔާ

ރިސްކް އެލަވަންސް މަހަކު:މަސައްކަތަށް ނިކުންނަ ކޮންމެ  ދުވަހަކަށް -/100

 

މަސައްކަތުގެ އެލަވަންސާއި އެހެނިހެން އެލަވަންސްތައް (ޑިޕްލޮމާ):

 

 

މަސައްކަތުގެ އެލަވަންސް މަހަކު: 5610.00 ރުފިޔާ

ސަރވިސް އެލަވަންސް މަހަކު: 3890.00 ރުފިޔާ

ރިސްކް އެލަވަންސް މަހަކު:މަސައްކަތަށް ނިކުންނަ ކޮންމެ  ދުވަހަކަށް -/100

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ފިޔަވަތީގައި ދިރިއުޅެމުންދާ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކުދިންނާ ބައްދަލުކޮށް ކައުންސެލިންގ ދިނުން.

2. ކައުންސެލިންގ ދިނުމަށްފަހު ސެކްޝަންގެ ކޭސް ނޯޓްސް ދުވަހުން ދުވަހަށް ނިންމާ ފައިލްކުރުން.

3. ކުދިންނަށް ބޭނުންވާ ސަޕޯޓް ގްރޫޕްތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ސަޕޯޓް ގުރޫޕް ކުރިއަށް ގެންދިއުން.

4. ކުދިންގެ ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކޮށްދޭފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން.

5. ޤަވައިދުން މަދުވެގެން މަހަކު އެއްފަހަރު ސުޕަވައިޒަރުގެ ފަރާތުން ސެޝަންތަކާ އަދި ކުދިންނާ ބެހޭގޮތުން ސުޕަވިޝަން ލިބިގަތުން.

6. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި މުވައްޒަފުންނަށް އެކި ތަމްރީން ޕްރޮގްރާމްތައް ރާވާ ހިންގުން.

7. ފިޔަވަތީގައި ތިބޭ ސުޕަވައިޒަރުންނާއި ގަވައިދުން ބައްދަލުކޮށް، ކުދިންނަށް އެހީތެރިވުމަށްޓަކައި ކުދިންގެ ކަންކަމާއި ގުޅޭ ގޮތުން މަޝަވަރާކުރުން.

8. މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން މިނިސްޓްރީގެ އެހެން ދާއިރާއެއްގައި މަސައްކަތްކުރުން.

9. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުތުތައް:

 

ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ޕްރައިމަރީ ހެލްތް ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ޕްރައިމަރީ ހެލްތް ކެއަރ މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

ސޯޝަލް ސައިންސް، ހެލްތް އެޑިއުކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، އާރލީ ޗައިލްޑްހުޑް، ޕްރައިމަރީ ހެލްތް ކެއަރ މިއިން ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

- ދިވެހި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލްކަން ލިބިފައިވުން.

- އަތޮޅުތަކަށާއި ރަށްރަށަށް ދަތުރުކުރެވޭނެ ފަރާތްތައް.

- އަމިއްލަ ރަށް ފިޔަވައި އެހެން ރަށްރަށުގައި މަސައްކަތްކުރެވޭނެ ފަރާތްތައް.

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ވަޒީފާއަށް އެދޭ ސިޓީ.

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ.

- ލިބިފައިވާ ތަޢުލީމާއި ތަމްރީން ތަކުގެ ސެޓްފިކެޓްގެ ކޮޕީ.

- މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް އިން ދޫކުރާ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް (ރަޖިސްޓަރޑް ކައުންސެލަރއެއްކަން އަންގައިދޭ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

2018 ސެޕްޓެމްބަރ 18 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ފިޔަވަތި، ހުޅުމާލެ އަށެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ފިޔަވަތި، ހުޅުމާލޭ ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027520 ނަންބަރު ފޯނަށް، ނުވަތަ 3027606 ނަންބަރު ފޯނަށެވެ.

06 ސެޕްޓެންބަރު 2018
ހޯދާ