މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސިނަމާލެ ބްރިޖްގެ ކެމެރާ ސިސްޓަމްއަށް ބޭނުންވާ ތަކެތި މި މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ސިނަމާލެ ބްރިޖްގެ ކެމެރާ ސިސްޓަމްއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ ނަންބަރު (IUL)138-AS6/1/2018/378 (12 އޯގަސްޓް 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ، މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ސެޕްޓެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 ސެޕްޓެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 2018 ސެޕްޓެންބަރު 13 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ގުޅުއްވުން އެދެމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 ސެޕްޓެންބަރު 10 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

06 ސެޕްޓެންބަރު 2018
ހޯދާ