މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެން ޕްލާންޓު އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި އަމިއްލަ މީހުންގެ ރުއްގަހުގައި ނަމްބަރު ޖެހުމާއި، ސަރަޙއްދުގައި ހުރި އެހެނިހެން ތަކެތި ނެގުން

އިޢުލާން   

ފެން ޕްލާންޓު އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި އަމިއްލަ މީހުންގެ ރުއްގަހުގައި ނަމްބަރު ޖެހުމާއި، ސަރަޙއްދުގައި ހުރި އެހެނިހެން ތަކެތި ނެގުން     

      މިރަށު ހަނީބީޗް ގޯތީގެ ހުޅަނގު މަގުގެ ހުޅަނގު ސަރަޙައްދަކީ މިރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެންޕްލާންޓު ހެދުމަށް ހަމަޖެހިފައިވާ ބިން ކަމަށްވާތީ މި ސަރަޙައްދުގައި ހުރި އަމިއްލަ މީހުންގެ ރުއްގަހާއި ، ތަކެތި ނަގަންބޭނުންވާތީ މި ސަރަޙައްދުގައިހުރި އަމިއްލަމީހުންގެ ރުއްގަހުގައި އެ ރުއްގަހުގެ ވެރިފަރާތުގެ ގޯތީގެ ނަމްބަރު ސާފުކޮށް އެނގޭ ގޮތަށް ރުއްގަހުގައި ޖައްސަވާ 2018 ސެޕްޓެމްބަރ 12 ވަނަދުވަހުގެ ކުރިން ނިންމެވުމަށް ދަންނަވަމެވެ.

      މި މުއްދަތުގައި ރުއްގަހުގައި ނަމްބަރު ނުޖައްސަވާހުރިނަމަ ބެލެވޭނީ އެ ރުއްގަހަކީ ވެރިފަރާތެއް ނެތް ރުއްގަސްކަމަށެވެ. އަދި އެސަރަޙައްދުގައި ހުރި ހަރުގެ ފަދަ ތަންތަންވެސް 2018 ސެޕްޓެމްބަރ 12 ވަނަދުވަހުގެ ކުރިން އެ ހަރުގެއެއްނަންގަވާ ބިންސާފުކުރެއްވުމަށްފަހު އަލިފުށީ ކައުންސިލްގެ އިދާރައަށް އަންގަވައި ދެއްވުންއެދެމެވެ.

      މިހެންވެ މިކަން ޢާޢްމުކޮށް އަންގާއިޢުލާނުކުރީމެވެ.

       26 ޛުލްޙައްޖާ   1439

       06 ސެޕްޓެމްބަރ 2018

06 ސެޕްޓެންބަރު 2018
ހޯދާ